ads
ޒްލަޓަން އިބްރޮހޮމަވިޗް
ޒްލަޓާން އިބްރޮހޮމަވިޗް ކުޅުން ހުއްޓާލައިފި
ސްވިޑެންގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް، އުމުރުން 41 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

އެންމެ މަތީ ފެންވަރުގެ އެތައް ކްލަބަކަށް ކުޅެފައިވާ ޒްލަޓާން އިބްރަހިމޮވިޗް ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމިކަން އިއުލާނުކުރީ ރޭ އިޓާލިއަން ލީގުގައި އޭސީ މިލާނުން 3-1 އިން ވެރޯނާ އަތުން މޮޅުވި މެޗަށް ފަހު ބޭއްވި ހާއްސަ އިވެންޓެއްގެ ތެރެއިންނެވެ.

ޒްލަޓާން އިބްރަހިމޮވިޗް، ކެރިއަރުގައި ދެ ފަހަރެއްގެ މަތިން ކުޅެފައިވާ މަދު ޓީމުތަކުގެ ތެރޭގައި އޭސީ މިލާން ހިމެނެ އެވެ. ގާތްގަނޑަކަށް 24 ވަރަކަށް އަހަރުވީ ފުޓްބޯޅަ ކެރިއަރުގައި އިބްރަހިމޮވިޗް ވަނީ ހޮލެންޑް، ސްޕެއިން، އިޓަލީ އަދި ފްރާންސްގައި ލީގު ތަށި ހޯދައިފަ އެވެ. އިބްރަހިމޮވިޗްގެ ކެރިއަރުގައި ޔޫރަޕްގައި ހޯދި ހަމައެކަނި ތަށްޓަކީ 2017 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން ހޯދި ޔޫރޮޕާ ލީގެވެ.

ޒްލަޓާން އިބްރަހިމޮވިޗް ވަނީ ސްވިޑެންގެ މަލްމޯ، ނެދަލެންޑްސްގެ އަޔަކްސް، އިޓަލީގެ ޔުވެންޓަސް، އޭސީ މިލާން އަދި އިންޓަ މިލާން، ސްޕެއިންގެ ބާސެލޯނާ، ފްރާންސްގެ ޕީއެސްޖީ އަދި އިންގްލެންޑްގެ މެންޗެސްޓާ ޔުނައިޓެޑް އަދި އެމެރިކާގެ އެލްއޭ ގެލެކްސީއަށް ކުޅުނެވެ.

ސްވިޑެން ގައުމީ ޓީމަށް 2016 ވަނަ އަހަރު ކުޅުން ހުއްޓާލުމަށް ފަހު 2021 ވަނަ އަހަރު އެނބުރި އައިސް، އަންނަ އަހަރުގެ ޔޫރޯގައި ވެސް ކުޅެން އިބްރަހިމޮވިޗް އަޒުމުކަނޑައެޅި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް