
ރައީސް މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންނާއެކު ރޭ ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށް މިހާރު ކުރިޔަށްއެދަނީ އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާކަންކަމުގެ ގޮތުގައި މީގެ ކުރިން އެމަނިކުފާނަށް ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރިން ރާއްޖޭގެ ރަށްރަށުގެ އަސާސީ ހިދުމަތްތައް ގާއިމުކުރުމަށް މީގެ ކުރިން އެއްވެސް އިރަކު ނުހިންގާހާ ބޮޑެތި ގިނަ މަޝްރޫއިތަކެއް މި ދައުރުގެ ތެރޭގައި ހިންގާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން މިހުރިހާ މަސައްކަތެއް ނިމޭއިރު އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ ގޮތުން ކުރަންޖެހޭނެ މަދުކަމެއް ފިޔަވައި ދެން ނުހުންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ދަތުރުފުޅުގައި އައްޑޫ ބިން ހިއްކުމުގެ ބިޔަ މަޝްރޫއާއި ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ވަނީ ފައްޓަވާފައެވެ.
ސީއެންއެމް ޕޯލް
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނީ ކޮން ބޭފުޅެއް؟