ads
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން. -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި މަޖިލީސް މެދުކަނޑާލައިފި
ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދަން މަސައްކަތްކުރުމުން އިދިކޮޅު މެންބަރުން ޖަލްސާއަށް ހުރަސް އެޅުމުން ޖަލްސާ މެދުކަނޑާލައިފި އެވެ.
Advertisement

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާ ކުރީ މިދިޔަ ހަފްތާގެ ބުދަ ދުވަހު ކުރިއަށް ގެންދިޔަ ޖަލްސާގައި އެ މައްސަލަ ކުރިއަށް ނުގެންދެވުމުންނެވެ. 

އެ ދުވަހުގެ ޖަލްސާއަށް ބަންޑާރަ ނައިބު ހާޒިރުވެ ވަޑައިނުގަތުމުން އިދިކޮޅު މެންބަރުން ވަނީ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސްއަޅާފަ އެވެ. 

މިއަދުގެ ޖަލްސާގައި އެ މައްސަލަ އަލުން އެޖެންޑާކޮށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަނިކޮށް އިދިކޮޅު މެންބަރުން ވަނީ ގޮނޑިކޮޅުތަކުން ތެތުވެ ވަޑައިގެން އަޑުގަދަ ކުރައްވަން ފައްޓަވާފަ އެވެ. އަދި އެ މެންބަރުންވަނީ ބަންޑާރަ ނައިބު ބުދަ ދުވަހުގެ ޖަލްސާއަށް ހާޒިރުނުވީ ކީއްވެތޯ ސުވާލު އުފައްދާފަ އެވެ. 

މިއަދުގެ ޖަލްސާ ކުރިއަށް ގެންދަން ހުރަސް އެޅުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސިޔާސީ ޕާޓީތަކުގެ ލީޑަރުން މަޝްވަރާ ކުރުމަށް ހުސްވަގުތުކޮޅެއް ދިނުމަށް މަޖިލިސް މެދުކަނޑާލާފަ އެވެ. 

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި، އެމްޑީޕީ ކުރީގެ ބައެއް މެމްބަރުންނާއި، ޖޭޕީ އަދި އެމްއެންޕީން ގުޅިގެން އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ބަންޑާރަ ނާއިބުގެ ޙައިސިއްޔަތުން އިބްރާހީމް ރިއްފަތު އިސްދައުރެއް އަދާކުރެއްވި ގާނޫނީ ޓީމުން ވަކާލާތު ކުރީ ރާއްޖޭގެ ހިމާޔަތުގައި ނޫން ކަމަށް ބުނެ އެވެ.

އިދިކޮޅުން ބުނަމުންދަނީ ރާއްޖެއާއި މޮރިޝަސް ދެމެދު އޮތް ފުށުއަރާ ސަރަހައްދު ވަކިކުރުމުގައި ބަންޑާރަ ނާއިބު މަސައްކަތްކުރެއްވީ ދިވެހިންގެ މަސްލަހަތާ ހިލާފަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް