
މިހާރު ކަނޑައަޅާފައިވާ 23 ކުޅުންތެރިންނާއެކު ދިވެހި ގައުމީ ޓީމު މިއަދު ޖަޕާނަށް ފުރާނެއެވެ. ޖަޕާނުގައި ކޭމްޕް ކުރުމަށް ފަހު ދިވެހި ޓީމު ދާނީ މުބާރާތް ކުޅޭ ބެންގަލޫރަށެވެ.
ސާފް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ ޓާގެޓަކީ ސީދާ ޗެމްޕިއަންކަން ހޯދުން ކަމަށް އެފްއޭއެމްގެ ޖެނެރަލް ސެކެއްޓްރީ ހުސެއިން ޖަވާޒު ވަނީ ވިދާޅުވެފައެވެ.
މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭން ކުޅެން ޖެހޭ ފުރަތަމަ މެޗުގައި ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ހިމެނެނީ ބޫޓާނާއެކު ގްރޫޕް ބީގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ލުބްނާނާ ބަންގްލަދޭޝްއެވެ.
އަނެއް ގްރޫޕުގައި ކުވައިތު، އިންޑީޔާ ނޭޕާލު އަދި ޕާކިސްތާނެވެ. އެހެންކަމުން ރާއްޖެ ހިމެނޭ ގްރޫޕަކީ ސެމީ ފައިނަލުގެ ފުރުސަތު ހޯދަން ރާއްޖެއަށް ފަސޭހަ ގްރޫޕެކެވެ. ކޮންމެ ގްރޫޕަކުން ދެ ޓީމު ސެމީއަށް ދާނެއެވެ.
ރާއްޖެއާ ބޫޓާން ކުޅޭ މެޗު އޮންނާނީ މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ގަނޑުއެވެ. މުބާރާތް ފަށާނީ ޖޫން 21 ވަނަ ދުވަހު ހަވީރުއެވެ. ޖޫން 22 ވަނަ ދުވަހުގެ ރޭ ބޫޓާނާ ދެކޮޅަށް ކުޅުމަށް ފަހު ރާއްޖޭގެ ދެވަނަ މެޗުގައި ކުޅޭނީ ޖޫން 25 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ފަހު މެޗުގައި ޖޫން 28 ވަނަ ދުވަހު ރާއްޖެ ކުޅޭނީ ލުބުނާނާއެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް އޮންނާނީ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ. އަދި ފައިނަލް މެޗު ކުޅޭނީ ޖުލައި ހަތަރުވަނަ ދުވަހުއެވެ.
ސާފް ޗެމްޕިއަންޝިޕަށް ނެގި ސްކޮޑު
ސަމޫހު އަލީ
އަހުމަދު ނޫމާން
ހުސެއިން ސިފާއު
އިބްރާހިމް އައިސަމް
ހައިޝަމް ހަސަން
ހަސަން ރާއިފް
ހުސެއިން ނިހާން
ހަސަން ޝިފާޒް
ހަމްޒާ މުހައްމަދު
ހުސެއިން ޝަރީފް
ނާއިޒް ހަސަން
މުހައްމަދު އިރުފާން
އަލީ ފާސިރު
މުހައްމަދު ފައިސަލް
މުހައްމަދު ޝަފީއު
އިބްރާހިމް މަހުދީ ހުސެއިން
ނިޝާމް މުހައްމަދު ރަޝީދު
ހުމެއިދު ހުސެއިން
އަހުމަދު އައިހަމް
މުހައްމަދު ނިޒާމް
އަހުނަފް ރަޝީދު
އިބްރާހިމް އުސާމާ
އިބްރާހިމް ވަހީދު ހަސަން