ads
މީގެ އަހަރެއް ކުރިން ރާއްޖޭގެ ރަށެއްގައި ކުނި ކޮތަޅުތަކެއް ގޮނޑުދޮށަށް އަޅާލާފައި--- ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
ތިމާވެއްޓަށް ލިބޭ ގެއްލުން ތަކުން ރާއްޖެއަށް އަރައިގަނެވޭނެ ބާ! ދެންވާނީ ކިހިނެއް؟
ތިމާވެއްޓަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ބޮޑެތި މައްސަލަތަކެއް އެބަހުއްޓެވެ. ތިމާވެއްޓާއި މޫސުމާއި ގުޅިފައިވާއިރު، ވެއްޓަށް ލިބޭ ގެއްލުންތަކުން ރާއްޖެ އަށް އޮތް އެންމެ ބޮޑު ބިރަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމެވެ. ދިރާސާތަކުން ދައްކާގޮތުގައި ކަނޑުގެ ލޮނުގަނޑު 1 މީޓަރަށް އުފުލުނު ނަމަވެސް ރާއްޖޭގެ އެއްގަމު ސަރަޙައްދުގެ 80 އިންސައްތަ އަޑިއަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.  

މިއީ ޖަޒީރާ ގައުމެކެވެ. އެކިރަށްތައް އެކި ދިމާލުގައެވެ. ފަސްގަނޑު ތިރި ރަށްތަކާއި، ކޮންމެވެސް ވަރަކަށް އުސް ރަށްތަކެވެ. އުސްނަމަވެސް ދެ

ފޫޓަށް ވުރެ އުސް އެއްްވެސް ރަށެއް ރާއްޖޭގައި ނެތެވެ. މޫސުމަށް އަންނަ ބަދަލުތަކާއި އެކު ކަނޑުގެ ލޮނުގަނޑު ދަނީ އުފުލެމުންނެވެ. އުދައެރުންވަނީ އާންމުވެފައެވެ. ރާއްޖޭގެ ބައެއް ރަށްރަށަށް އުދައެރުމުގެ ސަބަބުން ވަރަށް ބޮޑެތި ގެއްލުންތަކާއި އެރަށްރަށުގެ ދިރިއުޅޭ ފަރާތްތަކުން ވަނީ އުފުލަން ޖެހިފައެވެ.

your image މާލެއަށް އެރި އުދަ——

2004 ވަނަ އަހަރު ކުރިމަތިވި ސުނާމީގެ ރާޅާއެކުވެސް ފެނިގެންދިޔައީ ބިރުވެރިކަމެވެ. ރާޅެއް އެއްގާމާ ދިމާލަށް އައިސްފި ކަމުގައިވާނަމަ އެކަމުގެ ހުރި ނުރައްކަލެވެ. ރަށްތައް ތިރިވުމާއި، އެރަށްތައްކުގައި ދިރިއުޅޭމީހުން ކުރިމަތިލާން ޖެހުނު ނުރައްކާތެރި ހާލަތެވެ.

މިކަން މިހެން އޮތް ނަމަވެސް ތިމާވެށި ހިމާޔަތް ކުރުމުގައި އަޅާނުލެވެއެވެ. ބައެއްފަހަރު ބުނާ ކަހަލައެވެ. ތިމާވެށި ހިމާޔަތް ކުރާނީ މުއައްސަސާތަކުންނެވެ. ތިމާމެއްނެއްނޫނެވެ. ތިމާވެއްޓަކީ ތިމާގެ، ވެއްޓެވެ. ތިމާވެށި ހިމާޔަތްކުރަން އަންނާނެ އެހެންބަޔަކު ނުތިބޭނެ ކަންދަންނާށެވެ. 

ދުނިޔެ ހޫނުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ފެންބޮޑުވުން ފަދަ މައްސަލަތައްވެސް ކުރިމަތިވަމުން ދާއިރު، ވަރަށް ގިނަ މައްސަލަތައް މީގެ ތެރެއިން ފާހަގަވާން ހުރެއެވެ. އަދި އުދައިގެ ސަބަބުން ފެންބޮޑުވެ ގިނަ ފަހަރަށް ބިންގަނޑަށްވެސް ބޮޑެތި ގެއްލުންތައް ލިބެއެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ފަދަބައެއް ކަންތަކާއި ކުރިމަތިލާން ޖެހިފައިވަނީ އިންސާނުންނަށް ކުރެވޭ ބައެއް އަމަލުތަކުގެ ސަބަބުންނެވެ. ނަމަވެސް ޒާތަކަށް އެ ބަދަލުތަކާއެކު، ވެއްޓަށް އަޅުގަނޑުމެންގެ ދިރިއުޅުންވަނީ ބައްޓަން ކުރެވިފައެވެ. ނަމަވެސް ވެށި ހިމާޔަތް ކުރުމަށް ޒިންމާތަކެއް ނުއުފުލޭއެވެ. ބޮޑެތި ކަންތައްތައް ކުރެވޭއިރު ވެއްޓަށް ލިބިދާނެ ގެއްލުމަކަށް ކުޑަކޮށްވެސް ވިސްނާނުލެވެއެވެ.

އެގޮތުން ގަސްތައް ކެނޑުން ވަނީ އާންމުވެފައެވެ. އޭގެ ސަބަބުން ހޫނުވުން އިތުރަށް ބޮޑުވަރުވެގެން އެބަދެއެވެ. ޕްލާސްޓިކް ހިތުހުރި ގޮތަކަށް އެބަ ބޭނުން ކުރެވެއެވެ. އޭގެ ސަބަބުން ކަނޑުއަޑީގެ ރީތި ބަގީޗާތައް ހަލާވާން މެދުވެރިވެއެވެ.

your imageހުޅުމާލޭގެ ފިތުރޯނު ގަސް......

މިއަދަކީ ތިމާވެށީގެ ދުވަސް، ޖޫން ފަސްވަނަ ދުވަހެވެ. މި ދުވަސް ދުވަހެއްގެ ގޮތުގައި ފާހަގަކުރެވޭއރު، ތިމާވަށައިގެންވާ ވެއްޓާ ގުޅޭގޮތުން ވެށީގައި ހުރި މައްސަލަ ތައް އަމިއްލަ އަށް ދެނެގަންނަން އެބަޖެހެއެވެ.

ތިމާވެށީގެ މައްސަލަތަކުގެ ތެރެއިން ގޮނޑޮދޮށްތަކާއި ފަރުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކުނީގެ މައްސަލައާއި ޕްލާސްޓިކްގެ މައްސަލައެވެ. މި މައްސަލަ ހައްލުކުރުމަށް އިދާރާތަކުން އެތަކެއް މަސައްކަތެއް އެބަކުރެވެއެވެ.

ގާނޫނު ތެރެއަށްވެސް އެކި ނަންނަމުގައި މި ކަމުގެ ހުރި ހައްސާސް ކަން ވަދެފައި އެބަހުއްޓެވެ. ނަމަވެސް ހައްލު ނުވެ އޮތީ ވެށި ހިމާޔަތް ކުރެވޭނެ ގޮތެކެވެ. ވެއްޓަށް އަޅާލާން ޖެހިފައި އޮތް މިންވަރެވެ. 

މި ކަމަށްވެސް އެކި ރޮގުރޮގުން ކުރެވޭ މަސައްކަތުގެ ތެރޭގައި ކުނިމެނޭޖު ކުރެވޭނެ ބިލެއް ފާސްކުރެވި، ކޮތަޅަށް އަގެއް ކަނޑައެޅިގެން ދިޔައެވެ. ވިޔަފާރިކުރުމުން ކުރިން ހިލޭ ކޮތަޅު ލިބޭތީ އެއީ މާބޮޑު އެއްޗަކަށް ނުހަދާ އެއްލާލުމުން ވެއްޓަށް ލިބެމުންދިޔައީ ގެއްލުމެވެ. އެ ކޮތަޅު މޫދަށް ވެސް އުކާލެވެނީއެވެ. މުރަކަތަކުގައި އެޅި އެ މުރަކަތައްވެސް ހަލާވުދަނީއެވެ.

your imageރާއްޖޭގެ ފަރެއްގައި ހުދުވެފައިވާ މުރަކަތަކެއް -- ފޮޓޯ: ގާޑިއަން ނޫށް

ގާނޫނަށް ގެނެސްފައިވާ ބަދަލާއެކު، ކޮތަޅު ގަންނަންޖެހުމުގެ ސަބަބުން ކޮތަޅު ބޭނުންކުރެވޭ މިންވަރު ކުޑަކުރެވޭނެ ކަމަށް ވިސްނާ، މިނިންމުންވެސް މިހާރު ކުރިއަށް އެބަދެއެވެ. ވެށި ހިމާތް ކުރުން ކަމުގައިވީ ނަމަވެސް ވެއްޓަށް ލިބޭ ގެއްލުމުން އަރައިގަނެވޭނީ ފަރުދީ ޒިންމާ އިސްކޮށް ޒިންމާތަކަށް އަހުލުވެރިވާ ބަޔަކަށް ތިމާމެން އެންމެން ވެގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް