މިމައްސަލާގައި އޭޖީ ރިފްއަތުއާ ސުވާލު ކުރުމަށް ބުދަދުވަހު އެޖެންޑާ ކުރުމުން ރިފްއަތު ވަނީ މަޖިލީހަށް ވަޑައިނުގެން ލިއުމުން ޖަވާބުދާރީ ވެވަޑައިގެންފައެވެ.
އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށހެޅުއްވި ޕީޕީއެމްއގެ މެންބަރުން މިއަދު ކުރައްވާ ސުވާލަކީ، ކުރީ ދުވަހު އޭޖީ ވަޑައިނުގެން މިއަދު ވަޑައިގެންނެވީ ކީއްވެތޯއާއި އެއީ ޤާނޫނު އަސާސީއާ ޚިލާފަށް ކުރެއްވި ކަމެއްކަމަށް ގަބޫލު ކުރައްވަނީތޯއެވެ.
އަދި އެމައްސަލަ ސާފު ކުރެވެން ޖެހޭ ކަމަށްވެސް ޕީޕީއެމްގެ މެންބަރުން ވަކާލާތު ކުރައްވަމުން ގެންދެވިއެވެ.
އޭގެ ޖަވާބުގައި މަޖިލީހުގެ ރިޔާސަތުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެޓާނީ ޖެނެރަލް ރިފްއަތު މިއަދު ވަޑައިގެންނެވީ އެސުވާލުތަކަށޤ ޖަވާބުދާރީ ވެވަޑައިގަތުމަށް ކަމަށާއި އެހެންކަމުން މައްސަލަ ހުށަހަޅުއްވައިދެއްވުމަށެވެ.
އެހެންނަމަވެސް ޕީޕީއެމްއިން ގެންދިޔައީ ނިޒާމީ ނުކުތާ ތަކުރާރުކޮށް ނަގައި މަޖިލީހުގައި އެއްވާހަކައެއް ތަކުރާރު ކުރަމުންނެވެ.
ޕީއެންސީގެ ޕީޖީ ލީޑަރު އާދަމްޝަރީފް ހުށަހަޅުއްވާ މިމައްސަލަ ހުށަހެޅުއްވުމަށް ރިޔާސަތުން އެތައްފަހަރަކު ވަނީ ފުރުސަތު ދެއްވާފައެވެ. އެހެންނަމަވެސް އެމައްސަލަ ހުށަހެޅުއްވުމުގައި ދިގުލައިގެންގޮސް މަޖިލީސް ސައިގަޑިއަށް މެދުކަނޑާލިއިރުވެސް މައްސަލަ އަދި ހުށަހެޅޭ ގޮތެއް ނުވެއެވެ.