
ހައްޖު ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ކުރިން ހައްޖަށް ދިޔަ ބައެއް މާލެއިން ފުރަނީ
ހައްޖަށްދާ މީހުން މި މަހުގެ 12 ގައި ފުރަން ފަށަނީ
05 ޖޫން 2023 - 11:45:45
ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުން މިމަހުގެ 12 ވަނަ ދުވަހު ފުރަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެގޮތުން ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ގްރޫޕް މިމަހުގެ 12 ވަނަ ދުވަހު ފުރާއިރު، މިމަހުގެ 13 އާއި 15 އާއި 16 އަދި 19 ވަނަ ދުވަހުވެސް ހައްޖާޖީން މައްކާއަށް ފުރާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
މި އަހަރުވެސް ހައްޖުވެރިންނަށް ފުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް މިނިސްޓްރީން ކުރާއިރު ހައްޖުވެރިން އެއާޕޯޓަށް ގެންދިއުމާއި، ލަގެޖް ކަލެކްޓްކުރުމުގެ މަސައްކަތް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދާނެއެވެ.
މިއަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ލިބިފައިވަނީ 1000 ކޯޓާއެވެ.
ސަރުކާރުގެ ހައްޖު ކުންފުނި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ތިން ޖަމާއަތަކުންވެސް މިއަހަރު މީހުން ހައްޖަށް ގެންދާނެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް