ads
ޕީޕީއެމް ޕީޖީ ލީޑަރު ސަލީމް
އޭޖީން މަޖިލީހަށް ވަޑައިގެންނެވި ދެ އަންހެން ވަކީލުންނަށް ސަލީމް ފުރައްސާރަކޮށްފި
ޗާގޯސް މައްސަލައާ ގުޅިގެން އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލަ މިއަދު މަޖިލީހުގައި ކުރިއަށް ދިޔައިރު، ބަންޑާރަ ނައިބުގެ އަރިހުގައި މިއަދު މަޖިލީހަށް ވަޑައިގެންނެވި އަންހެން ދެ ވަކީލުންނަށް އިދިކޮޅު ޕީޕީއެމް ގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ފުރައްސާރަ ކޮށްފިއެވެ.

މިއަދު އޭޖީއާ އެކު މަޖިލީހަށް ވަޑައިގެންނެވީ ޑެޕިއުޓީ އޭޖީ ހަދީޖާ ޝަބީނާއި ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް އެވެ.

އޭޖީ މިއަދު ވަނީ މަޖިލީހަށް ވަޑައިގެންފައެވެ. އެއީ މިދިޔަ ބުދަ ދުވަހު އެޖީގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ލިޔުމުން ޖަވާބު ދެއްވުމުން، ޖަވާބު މަޖިލީހުގައި އިއްވާފައި ނުވާތީ އޭނާ މިއަދު މަޖިލީހަށް ވަޑައިގެންެވީއެވެ.

މިއަދުގެ ޖަލްސާގައި ސަލީމް ވިދާޅުވީ ޕީޖީއާއެކު ވަޑައިގެންވީ 18 އަހަރު ނުފުރޭ ކުޑަ ދެކުދީން ކަމަށްޝައްކު ކުރެވޭ ކަމަށް ވިދާޅުވެފައެވެ. ސަލީމް މިހެން ވިދާޅުވީ އާދަމް ޝަރީފް މައްސަލަ ހުށަހަޅުއްވަމުން ގެންދަވަނިކޮށް ނިޒާމީ ނުކުތާއެއް ނެންގެވުމަށް ފަހުއެވެ.

އަޅުގަނޑު ނިޒާމީ ނުކުތާއެއް ނެގީ ބަންޑާރަ ނައިބުގެ އަރިހުގައި ތިއްބެވީ 18 އަހަރު ނުފުރޭ ކުޑަ ދެ ކުދިން ކަމަށް އަޅުގަނޑަށް ޝައްކުވާތީ، އެކަން ސާފުކޮށްލަން ވެގެން،" ސަލީމް

ސަލީމްގެ މި ފުރައްސާރަ ކުރުމާއެކު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވިދާޅުވީ  މަޖިލީހަށް ވަޑައިގަންނަވާ އަންހެން ބޭފުޅުންނާ ކުޑައިމީސްކޮށް ވާހަކަ ނުދެއްކެވޭނެ ކަމަށެވެ.

މީކާއިލް ނެންގެވި ނިޒާމީ ނުކުތާއަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމައްސަލަ ބަލައިގަންނަ ކަމަށާއި މަޖިލީހުގެ އެއްވެސް މެންބަރަކު ޖިންސުއް ލަތީފުންނަށް ފުރައްސާރަ ނުކުރުމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް