ads
ވިލުންވެރި ކަނބަލުން ކެމްޕެއިންގެ ދަށުން ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނު މަރާމާތު ކުރަން ދަސްކޮށްދެނީ - ފޮޓޯ:އާބަންކޯ
ވިލުންވެރި ކަނބަލުން: ކަރަންޓު ސާމާނު މަރާމާތު ކުރަން ދަސްކޮށްދެނީ
ވިލުންވެރި ކަނބަލުން ކެމްޕެއިންގެ ދަށުން ގޭތެރޭގައި ގެންގުޅޭ ކަރަންޓު ސާމާނަށް އަންހެނުން އަހުލުވެރިކުރުވުމަށާއި އެ ތަކެތި މަރާމާތުކުރަން ދަސްކޮށްދޭ ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު އާބަންކޯއިން ހުޅުވާލައިފިއެވެ.

އާބަންކޯއިން ބުނީ މި ކޯހަކީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އާއި އެ ކޯޕަރޭޝަނާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދެވޭ ކޯހެއް ކަމަށެވެ.

އާބަންކޯއިން ބުނެފައިވަނީ އެ ކޯޕަރޭޝަނުގެ ފަރާތުން އަންހެނުން ބާރުވެރިކުރުވުމަށާއި އަންހެނުންނަށް އެކި ކަހަލަ ފުރުސަތުތައް ހޯދައިދިނުމަށް ކުރެވޭ މަސައްކަތްތަކުގެ ދަށުން ހިންގާ ވިލުންވެރިން ކަނބަލުން ކެމްޕެއިންގެ ތެރެއިން ތައާރަފު ކުރެވުނު މި ކޯސް ހިންގުމަށް ހަމަޖެހިފައި ވަނީ ހަތަރު ސެޝަނަކަށް ބަހާލައިގެން ކަމަށެވެ. ޖުމްލަ އަށް ގަޑިއިރުގެ މި ކޯހުގެ ކޮންމެ ސެޝަނެއްގެ ދިގުމިނަކީ ދެ ގަޑިއިރު ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އާބަންކޯއިން ބުނީ މި ކޯސްތައް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހު ކަމަށާއި ކޯހުގައި ރަޖިސްޓްރީވުމަށް ހުޅުވާލާފައި ވަނީ 10 ދުވަހުގެ މުއްދަތަކަށް ކަމަށެވެ. 

އަންހެނުންގެ ހުނަރުވެރިކަން އިތުރުކޮށް، ގޭތެރޭގައި ގެންގުޅޭ ސާމާނަށް އަހުލުވެރިކުރުމަށް ހިންގާ މި ކޯހުގެ ތެރޭގައި ގޭގައި އާންމުކޮށް ބޭނުންކޮށް އުޅޭ އުނދުން، އަވަން، އޭސީ ފަދަ ތަކެތި އެންމެ އެކަށީގެންވާގޮތަށް ބޭނުންކުރާނެ ގޮތް ދަސްކޮށްދޭނެ ކަމަށް އާބަންކޯއިން ބުނެއެވެ. އެ ކޯޕަރޭޝަނުން ބުނީ ކޯހުގައި އެ ތަކެތި މަރާމާތު ކުރާނެ ގޮތުގެ ބޭސިކްސް އުނގަންނައިދެވޭނެ ކަމަށެވެ.

އާބަންކޯއިން ބުނި ގޮތުގައި އެ ކޯޕަރޭޝަނާއި އެމްއައިޓީ އާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުން އަންހެނުންނަށް ހާއްސަ ކޯހެއް ތައާރަފުކޮށް ފުރުސަތު ހުޅުވާލާފައިވާއިރު، މި އެމްއޯޔޫގެ ދަށުން ޒުވާނުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ ވޮކޭޝަނަލް ޓްރެއިނިންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމުގައެވެ.

ކޯހުގައި ބައިވެރިވުމަށް އޮންލައިންކޮށް ރަޖިސްޓަ ކުރުމަށް: 

https://forms.gle/4inMaeHFwBAt6SMK8

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް