އިންޝާގެ ނަން ހުށަހެޅުއްވީ އެ މަގާމަށް މީހަކު ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ. މި މައްސަލަ ދިރާސާކުރުމަށް މިއަދު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފަ އެވެ.
އެންއައިސީގެ މެންބަކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 13 ވަނަ ދުވަހުން 20 ވަނަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށެވެ.
2015 ވަނަ އަހަރު އުފެއްދި އެންއައިސީއަކީ ކަސްޓަމްސް، ފުލުހުން، ކަރެކްޝަންސް އަދި އިމިގްރޭޝަންގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކުރާ މިނިވަން މުއައްސަސާ އެކެވެ.