
ޗާގޯސް މައްސަލައާ ގުޅިގެން އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅީ މަޖިލީހުގެ 13 މެންބަރުންގެ ސޮޔާއެކުއެވެ. މިމައްސަލަ ފުރަތަމ މިދިޔަ ބުދަ ދުވަހު އެޖެންޑާ ކުރުމުން އޭޖީ ޖަވާބު ދެއްވާފައިވަނީ ލިޔުމުންނެވެ.
މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި މިމައްސަލަ، މަޖިލީހުގައި ދޮޅު ގަޑިއިރު ހޭދަވެގެން ދިޔައިރުވެސް ހުށަނޭޅެއެވެ. ޖަލްސާ ފެށުނީއްސުރެ ސަރުކާރު މެންބަރުންނާއި އިދިކޮޅު މެންބަރުން ގެންދެވީ ނިޒާމީ ނުކުތާ ނަންގަވަމުންނެވެ.
މަޖިލީހުގެ ކަންކަން ހިނގާ އުސޫލު ކަނޑައެޅުމާއި މުރާޖާކުރުމުގެ މަސްއޫލިއްޔަތު އޮންނަ އާއްމު ކޮމިޓީން މި މައްސަލައިގައި މުޅި މައްސަލައަށް ދެ ގަޑިއިރު ހޭދަކުރުމަށް ވަނީ ނިންމާފައެވެ.
މެންބަރުންނަށް ދޮޅުގަޑިއިރު ބަހުސް ކުރުމަށް ފުރުސަތު ދީފައިވާއިރު، އޭޖީއަށް ބަހުސް ފެށުމުގެ ގޮތުން 10 މިނެޓު، ބަހުސްގެ މެދު ތެރެއިން 10 މިނެޓު އަދި ބަހުސް ނިންމުމުގެ ގޮތުން 10 މިނެޓު ދޭ ގޮތަށް ވަނީ ނިންމާފައެވެ.
މިއަދުގެ ޖަލްސާ މެންދުރުގެ ކެއުމަށްފަހު ދެން ފެށުނުއިރު ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ. ވާހަކަދެއްކެވުމަށް ހުޅުވާލެއްވުމުން ފުރަތަމަ ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު ވާހަކަދައްކަވަން ފެއްޓެވިއެވެ. އެއާއެކު މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ނިޒާމީ މައްސަލައެއް ނަންގަވައި އޭޖީއަށް މެމްބަރުންގެ ސުވާލުތަކަށް ޖަވާބުނުދެއްވޭ ކަމަށާއި، އެސުވާލުތަކަށް ޖަވާބު ލިބެންޖެހޭ ކަމަށް ވިދާޅުވިއެވެ.
މެންބަރުން ވިދިވިދިގެން ނަންގަވަމުން ގެންދެވި ނިޒާމީ ނުކުތާ ތަކުގެ ސަބަބުން ފަޒުލްގެ ވާހަކަ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. އަދި އޭޖީއާ ކުރެވިފައިވާ ސުވާލުތަކަށް ޖަވާބު ނުދެއްވައި ޖަލްސާ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އިދިކޮޅު މެންބަރުން އިހްތިޖާޖު ކުރަން ފެށުމުން ރިޔާސަތުން މިއަދުގެ ޖަލްސާ ނިންމަވާލެއްވިއެވެ.
ސީއެންއެމް ޕޯލް
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނީ ކޮން ބޭފުޅެއް؟