އަފްނާން އަމިއްލައަށް ލިޔެ އަމިއްލައަށް ކިޔާފައިވާ ލަވަ އަމާޒުކޮށްފައިވަނީ ދަރިންނަށް ވަގުތު ނުދެވޭ މައިން ބަފައިންނަށެވެ.
އެގޮތުން ހަރަދުކުރާ ފައިސާއާއި ދޭ ހަދިޔާއަކީ ހުރިހާ އެއްޗެއް ނޫންކަމަށާއި އެންމެ ބޭނުންވަނީ މައިން ބަފައިންގެ ލޯތްބާއި ވަގުތު ކަމަށް ލަވާގައި ބުނެފައިވެއެވެ.
އަފްނާން ބުނަމުން ގެންދިޔައީ ލޯތްބަކީ ހަރަދު ކުރާ ފައިސާ ނޫންކަމަށާއި ގަނެދޭ އަގުބޮޑު ތަކެތިވެސް ނޫން ކަމަށެވެ. ނަމަވެސް ވާހަކަ ދައްކާލާ އަންގައިން ބުނުމަށް ދެވޭ ވަގުތު އެއަށް ވުރެ މާމުހިއްމުކަމަށްވެސް ލަވާގައި ބުނެފައި ވެއެވެ.