ads
ހަތަރު ރަށެއްގައި އަވީގެ ހަކަތައިން ހިންގާ އައިސް ޕްލާންޓުތައް ގާއިމުކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުން - ފޮޓޯ:އެންވަޔަރަންމަންޓް މިނިސްޓްރީ
ހަތަރު ރަށެއްގައި އަވީގެ ހަކަތައިން ހިންގާ އައިސް ޕްލާންޓުތައް ގާއިމުކުރަނީ
ހަތަރު ރަށެއްގައި އަވީގެ ހަކަތައިން ހިންގާ އައިސް ޕްލާންޓުތައް ގާއިމުކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
Advertisement

އެންވަޔަރަންމަންޓް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީން ވަނީ ހަތަރު ރަށެއްގައި އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން އައިސް އުފައްދާ ޕްލާންޓުތަކެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި އެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ޗައިނާގެ އިންސްޓެކް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޮމްޕެނީ ލިމިޓެޑާ އެކު ސޮއިކޮށްފައެވެ. އެ ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަންގެ އިތުރުން ހަތަރު ރަށުގެ ކައުންސިލް މެންބަރުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި އައިސް ޕްލާންޓުތައް ގާއިމުކުރުމަށް ނިންމާފައިވަނީ ނ. ލަންދު އާއި ތ. ބުރުންޏާއި ތ. މަޑިފުށި އަދި ތ. ވިލުފުށީގައެވެ.

ކޮމިއުނިޓީ އައިސްޕްލާންޓުތައް ގާއިމުކުރުމުގެ މި މަސައްކަތުގެ ދަށުން،

  • ލަންދޫ އާއި މަޑިފުށި އަދި ވިލުފުށީގައި 15 ޓަނުގެ އައިސް ޕްލާންޓަކާ އެކު، 30 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރާނެ
  • ބުރުނީގައި ގާއިމުކުރާނީ 5 ޓަނުގެ އައިސްޕްލާންޓަކާ އެކު، 15 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް

އެންވަޔަރަންމަންޓް މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އިންސްޓެކް އިމްޕޯޓް އެންޑް އެކްސްޕޯޓް ކޮމްޕެނީ ލިމިޓެޑާ ހަވާލުކޮށްފައިވަނީ 27 މިލިއަން ރުފިޔާއަށް އަށް މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ހަވާލުކުރާ ގޮތަށެވެ.

your imageހަތަރު ރަށެއްގައި އަވީގެ ހަކަތައިން ހިންގާ އައިސް ޕްލާންޓުތައް ގާއިމުކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކުރުން - ފޮޓޯ:އެންވަޔަރަންމަންޓް މިނިސްޓްރީ

މިއީ 2030 ގެ ކުރިން ރާއްޖެ ނެޓް-ޒީރޯ ގައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ހަވާލުކުރެވުނު މަޝްރޫއެއް ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ވަނީ ހަތަރު ރަށެއްގައި އިރުގެ އަލިން އުފައްދާ ކަރަންޓު ބޭނުންކޮށްގެން އައިސް އުފައްދާ ޕްލާންޓުތަކެއް ގާއިމުކުރުމަށް ޗައިނާގެ ކުންފުންޏަކަށް ނިމިދިޔަ މަހުވެސް ހަވާލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް