ads
މެޗުގެ ކުރިން ސަޕޯޓަރުން ހަޅުތާޅު ކުރުން
ކެންސަރު ޖެހިފައިވާ ކުއްޖަކަށް ފްރާންސް ލީގު މެޗެއްގެ ތެރެއިން ހަމަލާދީފި!
ފްރާންސް ލީގު މެޗެއް ބަލަން ދަނޑަށް ދިޔަ، ކެންސަރު ޖެހިފައިވާ ކުއްޖަކަށް ހަމަލާދީފިއެވެ.

މި ހަމަލާ ދީފައިވަނީ އަޝާކްސިއޯ އާއި މާސޭ ބައްދަލުކުރި މެޗުގައެވެ. އަނިޔާ ލިބިފައިވަނީ އުމުރުން އަށް އަހަރުގެ ކެންޒޯ ކިޔާ މާސޭގެ ސަޕޯޓަރަކަށެވެ. ކެންޒޯ އެމެޗު ބެލުމަށް ދަނޑަށް ދިޔައީ އޭނާގެ މަންމަ އާއި ބައްޕައާއެކު، މާސޭގެ ދައުވަތަކަށެވެ. އަދި މެޗަށްފަހު މާސޭގެ ކުޅުންތެރިންނާ އޭނާ ބައްދަލުކުރުމަށްވެސް އޮތީ ނިންމާފައެވެ. 

ނަމަވެސް އަޝާކްސިއޯގެ ސަޕޯޓަރުންތަކެއް ވަނީ ސްޓޭޑިއަމްގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ކެންޒޯ އާއި އޭނާގެ އާއިލާ ތިބި ބޮކްސް ފަޅާލާ، އެމީހުންނަށް ހަމަލާ ދީފައެވެ. ކެންޒޯގެ މަންމަ މީޑިއާއަށް މައުލޫމާތު ދިން ގޮތުގައި ކެންޒޯގެ ބައްޕައަށް ސަޕޯޓަރުން ވަނީ އަނިޔާ ކޮށްފައެވެ. އަދި އެހާދިސާގެ ތެރޭގައި، ބޮލުގެ ކެންސަރަށް ފަރުވާ ކުރަމުން އަންނަ ކެންޒޯގެ ބޯ ދަނގަޑެއްގައި ޖެހިފައިވާ ކަމަށްވެސް އޭނާގެ މަންމަ ބުންޏެވެ. މީގެ އިތުރުން، ކެންޒޯގެ ޖާޒީ ވީދާލާ، އެ އަންދާލާފައިވާ ކަމަށްވެސް ކެންޒޯގެ މަންމަ ކިޔައިދިނެވެ. 

މިކަމާއި ގުޅިގެން އަޝާކްސިއޯއިން ނެރުނު ބަޔާނެއްގައި ބުނީ އެއަމަލަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށާއި، އެއީ ކްލަބުގެ ހަމަތަކާއި މުޅިން ހިލާފު އަމަލެއް ކަމަށެވެ. އަޝާކްސިއޯއިން ވަނީ އެހަމަލާ ކުށްވެރިކޮށް، އެކަން ކުރި ފަރާތްތައް ދެނެގަނެ، އެމީހުންނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ބުނެފައެވެ. 

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް