ads
އޮޕަރޭޝަނެއްގައި ކުރިން އަތުލައިގަތް ހެރޮއިން
ރާއްޖެ އެތެރެކުރި ދިހަ ކިލޯއަށް ވުރެ ގިނަ ހެރޮއިން އަތުލައިގެންފި
ޕާކިސްތާނުން ރާއްޖެއައި މީހެއްގެ އަތުން 10 ކިލޯއަށްވުރެ ގިނަ ހެރޮއިން ކަސްޓަމްސްއިން އަތުލައިގަނެފި އެވެ.

ކަސްޓަމްސްއިން ބުނީ މިތަކެތި އަތުލީ މިއަދު ޕާކިސްތާނުގެ ފައިސަލް އާބާދުން ރާއްޖެ އައި އުމުރުން 25 އަހަރުގެ ފިރިހެނެއްގެ އަތުންކަމަށެވެ. 

މި ތަކެތި އަތުލައިގަނެފައިވަނީ އޭނާއާމެދު ޝައްކުކުރެވިގެން ސުވާލުކޮށް، ބަލައިފާސްކުރުމުގެ ތެރެއިންނެވެ.

އަތުލައިގަތް ތަކެތި ތަހުލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވްވެފައިވާކަމަށާއި އޭގެ ބަރުދަނުގައި ޖުމްލަ 10.14 ކިލޯ ހުރިކަމަށް ވެސް ކަސްޓަމްސްިން ބުނެއެވެ.

މިތަކެތީގެ މަގުމަތީގެ އަގު 13 މިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށްވެސް ތަކެއްޗާއި މީހާ ތަހުގީގަށް ފުލުހުންނާ ހަވާލުކޮށްފައި ވާކަމަށްވެސް ކަސްޓަމްސްއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް