ads
ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ އާޒިމާ ޝުކޫރާއި ޑރ. މުހައްމަދު މުނައްވަރު. -- ފޮޓޯ: އަހުމަދު ޝުރާއު
ކަނޑުގެ މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބުންގެ އިހުމާލު ބޮޑު: ރިފްއަތު
ރާއްޖެއާއި ޗާގޯސް އާއި ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބުންނާއި ކުރީގެ ސަރުކާރުތަކުން އިހުމާލުވެފައިވާކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.
Advertisement

ރިފްއަތު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށް ދިޔަ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި ޖަވާބުދާރީވުމަށް ލިބުނު ފުރުސަތުގަ އެވެ. 

ރިފްއަތު ވިދާޅުވީ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ކުރީގެ އެއްވެސް ސަރުކާރަކުން ދިވެހިންގެ ހައްގުގައި ގޮތެއް ނިންމަން ނުކެރުނު ކަމަށެވެ. 

"ކުރީގެ އެއްވެސް ސަރުކާރަކުން ދިވެހިން ހައްގުގައި ގޮތެއް ނިންމާކަށް ނުކެރުން. ނޭނގި ނަމަވެސް ކޮށްފައިވާ ކަމަކީ ބޮޑުތަނުން އިހުމާލުވުންކަން އަޅުގަނޑު ފާހަގަ ކުރަން،" - ރިފްއަތު

ދެކުނު އީއީޒެޑުގެ މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބުން އިންތިހާއަށް އިހުމާލުވެފައިވާކަމަށާއި އެކަން ވަރަށް ލަދުވެތިކަމާއެކު ފާހަގަ ކުރާ ކަމަށް ރިފްއަތު ވިދާޅުވި އެވެ. 

ރިފްއަތު ވިދާޅުވީ އިޓްލޮސްގައި މި މައްސަލަ ކުރިއަށް ގެންދިއުމުގެ ފުރުސަތު މޮރިޝަސްއަށް ލިބިގެން ދިޔައީ ކުރީގެ ސަރުކާރުތަކުން މި މައްސަލަ ހައްލުކޮށްފައި ނުވުމުން ކަމަށެވެ.  

މީގެ އިތުރުން ރާއްޖެއާއި ޗާގޯސް އާއި ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި އިސް ކުރައްވާފައިވާނީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ކަމަށްވެސް ރިފްއަތު ވަނީ ވިދާޅުވެފަ އެވެ. 

ކަނޑުގެ މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބުންގެ އިހުމާލު އޮތްކަމަށް ރިއްފަތު ވިދާޅުވި އިރު ކަނޑުގެ ސަރަހައްދު ވިއްކާލާފައިވާ ކަމަށާއި ކަނޑުގެ ސަރަހައްދު ބެހުމުގައި ދިވެހިންގެ މަސްލަހަތަށް ބަލާފައި ނުވާކަމަށް ބުނެ ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށްވާ ޑރ. މުހައްމަދު މުނައްވަރު އާއި އާއިޝަތު އާޒިމާ ޝަކޫރު އަންނަނީ ހިޔާލު ފާޅު ކުރައްވަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް