
އެގޮތުން ކަނޑުމަތީގައި މީހަކު މަރުވެއްޖެ ނަމަ އެމީހަކު އަންބުރާ ރަށަށް އެރުވުނަކީ ކުރާކަމެއް ނޫނެވެ. އެކަން އެހެން ކުރަނީ ގަބޫލު ކުރެވިފައިވާ ބިރުވެރި ކަންތައްތަކެއްގެ މައްޗަށެވެ.
1990 ގެ އަހަރު ތަކުގެ ކުރީކޮޅާ ޖެހެންދެންވެސް ބައެއް ރަށްރަށުގައި މިގޮތަށް ކަންތައް ކުރިކަމަށް މައުލޫމާތު އެނގޭ ބައް މީހުން ކިޔައި ދިނެވެ.
އެގޮތަށް ކަންތައް ކުރަނީ ކަނޑުމަތީ މަރުވާ މީހުންގެ ފަހަތުން އަންނަ “ވިގަނި” ނަމަކަށް ކިޔާ ފުރޭތައެއްގެ ކިބައިން ރަށް ސަލާމަތް ކުރާށެވެ.
އެހެންކަމުން ވިގަނިން ސަލާމަތް ވުމަށް މަރުވި މީހާ ރަށަށް ނާރުވާ ފަޅުތެރޭގައި ނުވަތަ ގޮނޑުދޮށުގައި ހިނެއުމަށް ފަހު ވަލުތެރޭގައި ވަޅުލަނީއެވެ. ނުވަތަ ރަށުތެރެއަށް ނުގެނެސް ގަބުރުސްތާނަށް ގެންދެވޭނަމަ ގެންގޮސް އެހެންމީހުނާ ދުރުގައި ވަކިން ވަޅުލަނީއެވެ.
ބައެއް ފަހަރު ގަބުރު ކަނޑުފެއްތުމާއި ފަޅުރަށެއްގައި ވަޅުލުމަކީވެސް އޭރު ކަންކުރި ގޮތެއްކަމަށް ބައެއް މީހުން ބުނެއެވެ.
ކަނޑުމަތީގެ މަރުގެ ހާދިސާއަކަށް ފަހު ޖަނާޒާގެ ކަންކަން ނުނިމުން އަދި ނިމުނީކީ ނޫނެވެ. ވިގަނިން ސަލަސާމަތްވާން 40 ދުވަސް ވަންދެން މުޅި ރަށުގައި ކިޔެވެލިތައް ކިޔަވަން ވެސް ޖެހެއެވެ.
ނޯޓް: ދިވެހި ބަހުގެ ރަދީފް ބުނާގޮތުން “ވިގަނި” އަކީ ހިޔާލީ ފުރޭތައެކެވެ.
ސީއެންއެމް ޕޯލް
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރައްވާނީ ކޮން ބޭފުޅެއް؟