
މި އަހަރުގެ ކުރީކޮޅު އިއުލާންކުރިއިރު ގައުމީ ލީގު ފަށަން ކުރިން ހަމަޖެހިފައި އޮތީ މިދިޔަ މިއަދުއެވެ. އެހެންނަމަވެސް މި މުބާރާތް މިހާރު ވަނީ އަންނަ މަހަށް ފަސްކޮށްފައެވެ. ބޮޑީބޯޑިން ލީގުގެ ދެ ވަނަ މުބާރާތް ކަމަށްވާ ފުވައްމުލަކު ޗެލެންޖު މިހާރު ބާއްވަން ނިންމާފައިވަނީ ސެޕްޓެމްބަރުގަ އެވެ. ގައުމީ ލީގުގެ ތިން ވަނަ މުބާރާތް ކ. ތުލުސްދޫގައި ބާއްވަން ނިންމާފައިވަނީ އޮކްޓޯބަރު މަހުއެވެ.
ލީގުގެ ފަހު މުބާރާތް ކަމަށްވާ ގައުމީ ބަނޑުފިލާ ޗެލެންޖު ބާއްވަން ނިންމާފައިވާ ނޮވެމްބަރުގައެވެ. ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޮޑީބޯޑަރުން ވާދަކުރާ މޯލްޑިވްސް ޕްރޯ މުބާރާތް އޮންނާނީ އޮގަސްޓް އޮގަސްޓް ގައެވެ
ބޮޑީބޯޑިން ލީގުގެ ކޯ ސްޕޮންސަރަކީ ސީ ސްޕޯޓްސް އެވެ، ގައުމީ މުބާރާތުގެ ކޯ ސްޕޮންސަރަކަށް އެޓޯލް އެޑްވެންޗާސް ހަމަޖައްސާފައިވާއިރު، ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މާޗަންޑައިސް ޕާޓްނަރު މުޖާސް އާޓް ބޮކްސް، އިވެންޓް ޕާޓްނަރު، އިފެކްޓްސް އެންޓަޓައިމަންޓް އަދި 10 އަހަރު އެމްބީބީއޭއާ އެކު ޕާޓްނަރަކަށް މަސައްކަތްކުރި ޕްރިންޓް ލެބްގެ އިތުރުން ސަޕޯޓިން ޕާޓްނަރު ރެޑްބުލް އެވެ.