
އެސްޓީއޯއިން ބުނީ ސަރުކާރު އަދި އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދާ އެކި ހައުސިން މަޝްރޫއުތަކުގެ ދަށުން ގެދޮރު ލިބޭ މީހުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ "މަގޭހިޔާ" ޕްރޮމޯޝަން މި އަހަރު ފަށާފައިވަނީ މި މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. މިދިޔަ ދެ އަހަރުވެސް އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު މި ޕްރޮމޯޝަން ކުރިއަށް ގެންދަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ކަމަށް އެސްޓީއޯއިން ބުނެއެވެެ.
އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަނުގައި ހާއްސަ ޑިސްކައުންޓެއް ލިބޭ ތިން ޕެކޭޖެއް ހިމެނޭ ކަމަށެވެ. އެއީ،
- ރިހި - 15،000 ރުފިޔާއިން ފެށިގެން 25،000 ރުފިޔާ އާ ދެމެދުގެ މުދަލުން 12 އިންސައްތައިގެ ޑިސްކައުންޓު
- ރަން - 25،000 ރުފިޔާއިން ފެށިގެން 35،000 ރުފިޔާ އާ ދެމެދުގެ މުދަލުން 15 އިންސައްތައިގެ ޑިސްކައުންޓު
- ހުދު ރަން - 35،000 ރުފިޔާއިން މަތީގެ ކޮންމެ މުދަލަކުން 18 އިންސައްތައިގެ ޑިސްކައުންޓު
އެސްޓީއޯއިން ބުނެފައިވަނީ މި ޕްރޮމޯޝަނުގައި ހިމެނޭ އައިޓަމްތަކަށް ހޭދަ ކުރާ ކޮންމެ 5،000 ރުފިޔާއަކަށް ކޫޕަނެއް ލިބިގެން ދާނެ ކަމަށެވެ. އެހެން ޕްރޮމޯޝަންތަކާ ހިލާފަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ބީއެމްއެލް އިސްލާމިކް އަދި މޯލްޑިވްސް ފައިނޭންސް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ) ގެ އިތުރުން އެސްޓީއޯ ކްރެޑިޓް ސްކީމް މެދުވެރިކޮށް މުދާ ނަންގަވާ ފަރާތްތަކަށްވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެސްޓީއޯ "މަގޭ ހިޔާ" ޕްރޮމޯޝަން މި އަހަރުވެސް - ފޮޓޯ:އެސްޓީއޯ
އެސްޓީއޯއިން ބުނި ގޮތުގައި މި ޕްރޮމޯޝަނުގައި ކަސްޓަމަރުންނަށް ލިބިފައިވާ ފްލެޓުގެ މައުލޫމާތު އަދި އައިޑީ ކާޑު ބޭނުންވާނެ ކަމުގައެވެ.