ads
އަހްމަދިއްޔާ ސްކޫލްގެ ޓީމު
ސެމީގެ ފަހު ދެޖާގަ އަހްމަދިއްޔާ އާއި މާފުށި ސްކޫލަށް
މިހާރު ކުރިއަށްދާ އެފްއޭއެމް 13 އަހަރުން ދަށުގެ އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ދެޖާގަ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި މާފުށި ސްކޫލުން ކަށަވަރު ކޮށްފިއެވެ.

މާފުށި ސްކޫލުން ސެމީގެ ޖާގަ ޔަގީންކުރީ މިއަދު ކުޅުނު ކުއާޓާ ފައިނަލުގައި ގުރައިދޫ ސްކޫލް ބަލިކޮށްގެންނެވެ. މި މެޗު އެޓީމުން ކާމިޔާބުކުރީ 2-1 ންނެވެ. ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް މާފުށި ސްކޫލުންނެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި މާފުށި ސްކޫލަށް ލީޑު ނަގައިދިނީ މުހައްމަދު ނައިކްއެވެ. 

ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން ގުރައިދޫ ސްކޫލުގެ ބަރަހް ބިން ޝިމާޒް ވަނީ ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްދީފައެވެ. މާފުށި ސްކޫލް މޮޅުވި ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ޖެހި ނައިކްއެވެ. 

ސެމީގެ ފަހު ޖާގަ އަހްމަދިއްޔާއިން ކަށަވަރުކުރީ ކުއާޓާ ފައިނަލުގެ ފަހު މެޗުގައި 2-1 ން ޖަމާލުއްދީން ސްކޫލް ބަލިކޮށްގެންނެވެ. ފުރަތަމަ ހާފު ނިމެނިކޮށް މުހައްމަދު ކިޔާން ލަނޑެއްޖަހާ އަހްމަދިއްޔާއަށް ލީޑު ނަގައިދިން ނަމަވެސް، ހާފުގެ ފަހު ވަގުތުގައި ޖަމާލުއްދީންގެ މާހިލް މުހައްމަދު ވަނީ ލަނޑެއްޖަހާ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަހްމަދިއްޔާ މޮޅުވީ ދެވަނަ ހާފުގައި ލޫކް އަބްދުލް ޖަމީލް ޖެހި ލަނޑުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް