ads
އިބްރާހިމް އަލީ ހާން އަދި ސައިފް އަލީ ހާން
ސިނަމާއަކުން ސައިފްގެ ފިރިހެން ދަރިފުޅު ބޭރަށް ހޫރުވާލައިފި
ސައިފް އަލީ ހާން އާއި އަމްރިތާ ސިންގްގެ ދަރިފުޅު އިބްރާހިމް އަލީ ހާން މުމްބާއީގެ ތިއޭޓަރެއްގެ ތެރެއިން ކޮއްޕާ ބޭރަށް ހޫރުވާލުމާ ގުޅިގެން އޭނާ ނުރުހުން ފާޅުކޮށްފިއެވެ.
Advertisement

އިބްރާހިމް އަލީ ހާން މުމްބާއީގެ ސިނެމާ ތިއޭޓަރަކުން ނުކުންނަނިކޮށް އޭނާ ކޮއްޕާ އަނިޔާކުރުމުން ރުޅިވެރިކަމާއެކު ޒުވާބުކުރާތަން ކުރާތަން ފެނިފައިވެ އެވެ.

އިބްރާހިމް ހާން ސިނަމާއަށް ދިޔައީ "ޒާރާ ހަޓްކޭ ޒާރާ ބަޗްކޭ" ބަލަން އޭނާގެ ކޮއްކޮ ސާރާ އަލީ ހާންއާއެކުއެވެ.  

އިބްރާހިމް ހާން އާއި ސާރާ ތިއޭޓަރުން ނުކުންނަން އުޅެނިކޮށް އެމީހުންގެ ވަށައިގެން ފޮޓޯގްރާފަރުންނާއި ފޭނުންގެ ގިނަ ބަޔަކު އެއްވިއެވެ.  އެއްވެ ތިބި މީހުންގެ ތެރޭގައި ހަލަބޮލިކަން އިތުރުވެ، ބައެއް މީހުން އިބްރާހިމް ހާން ކޮއްޕަން ފެށިއެވެ. ކޮއްޕަން ފެށުމުން ރުޅިއައިސްގެން އެއްވެ ތިބި މީހުންނާ ދިމާއަށް ހަޅޭއްލަވަން ފެށިއެވެ. އެންމެ ފަހުން އޭނާ ސިނެމާއިން ބޭރަށް ހޫރުވާލިއެވެ.   

އެއްވެ ތިބި މީހުން އިބްރަހިމް ހާން ކޮއްޕަން ފެށީ ކީއްވެގެން ކަމެއް ސާފެއް ނުވެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެއީ އޭނާ ފޮޓޯގްރާފަރުންނަށް ހުރަސްއަޅަން މަސައްކަތް ކުރުމުން ހިނގިކަމެކެވެ. 

0%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް