ads
އަޔަން މޭން ހެމްބާގް ރޭހުގެ ތެރެއިން
އަޔަން މޭން ރޭހުގެ އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
ޖަރުމަންވިލާތުގައި އޮތް އަޔަން މޭން ރޭހުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެ، އެތްލީޓަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

ޖަރުމަންވިލާތުގައި އޮތް އަޔަން މޭން ރޭހުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެ، އެތްލީޓަކަށް ސީރިއަސް އަނިޔާތަކެއް ލިބުނީ އާދިއްތަ ދުވަހުއެވެ. 

އަޔަން މޭން ރޭހުގައި ހިނގި އެކްސިޑެންޓެއްގައި މަރުވީ ސައިކަލުގައި ދިޔަ މީހެކެވެ. އޭނާ އެކްސިޑެންޓްވީ 36 ވަނަ ކިލޯމީޓަރުގައި ރޭސް ނިންމަމުން ދިޔަ ބައިސަލް ދުއްވާ މީހެއްގެ ގައިގާ ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އަޔަން މޭން ރޭހުގައި ބައިސްކަލުގައި ފުރިހަމަ ކުރާ ބަޔަކާ ދުވެފައި ފުރިހަމަ ކުރާ ބަޔަކާ ފެތުމުގެ ބައެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި މަރުވީ އުމުރުން 70 އަހަރުގެ މީހެކެވެ. މި މީހާއަކީ ރޭހުގެ ބައިވެރިއެއް ނޫނެވެ. އޭނާ އެކްސިޑެންޓްވީ ރޭހުގައި ވާދަކުރި 26 އަހަރުގެ އެތްލީޓަކާ ޖެހިއެވެ. އެކްސިޑެންޓް ހިނގިއިރު އެތްލީޓު ދިޔައީ ބައިސްކަލު ރޭސް ފުރިހަމަ ކުރަމުންނެވެ.

މި ހާދިސާގައި އަޔަން މޭން ރޭހުގެ ކަވަރޭޖްގައި މަސައްކަތް ކުރި ފޮޓޯގްރާފަރަކަށްވެސް އަނިޔާވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް