ads
ބިޔޯންސޭގެ ކޮންސެޓުގައި ޕްރިޔަންކާ
ބިޔޯންސޭގެ ކޮންސެޓް ބަލަން ޕްރިޔަންކާ ޗޯޕްރާ
ލަންޑަނުގައި ބޭއްވި ބިޔޯންސޭގެ ކޮންސެޓް ބަލަން ޕްރިޔަންކާ ޗޯޕްރާގޮސް ވަރަށް މަޖާކޮށްފިއެވެ.

ކޮންސެޓުގެ ފޮޓޯތައް އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ވަނީ ހިއްސާކޮށްފައެވެ.

އެ ތަސްވީރުތަކުން ފެންނަނީ ބިޔޯންސޭގެ ލަވަތަކާ އެކު ޗޯޕްރާ ނަށައި ލަވަކިޔަމުން ދާތަނެވެ. އަދި ރައްޓެހިންނާއި އާއިލާއާ އެކު ފޮޓޯތަކަށް ޕޯޒް ކުރާތަނެވެ

ފޮޓޯގެ ކެޕްޝަންގައި ޕްރިޔަންކާ ލިޔެފައި ވަނީ "ކޮންފަދަ ރެއެއް! ޝުކުރިއްޔާ ބިޔޯންސޭ އަށް ހަނދާން ނައްތާނުލެވޭ ފަދަ ތަޖުރިބާއަކަށް" މިހެނެވެ.

ޕްރިޔަންކާ ޗޯޕްރާ އަކީ ބިޔޯންސޭގެ ވަރަށް ބޮޑު ފޭނެއް ކަމަށާއި އޭނާގެ ކެރިއަރު ފޮލޯ ކުރަމުން އަންނަތާ އެތައް އަހަރެއް ވެފައިވާ ކަމަށް ވެސް އެ ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.

your imageބިޔޯންސޭ އަދި ޖެނިފަ ލޮޕޭޒް--

 އެއްދުވަހަކު ބިޔޯންސޭއާ އެކު ޕްރޮޖެކްޓެއްގައި ގުޅިގެން މަސައްކަތް ކުރަން ވަރަށް އުފާވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މި ކޮންސެޓް ކުރިއަށް ގެންގޮސްފައިވަނީ ލަންޑަންގެ "ދަ އޯ2" އެރީނާގައެވެ.

ބިޔޯންސޭގެ ސެޓްލިސްޓުގައި އޭނާގެ އަލްބަމްތައް ކަމަށްވާ ލެމޮނޭޑް، ހޯމްކަމިން، އަދި އެވަރިތިންގް އިޒް ލަވްގެ ލަވަތައް ހިމެނެ އެވެ.

މި ކޮންސެޓްގައި ޗޯޕްރާ އާއި އެކު އޭނާގެ ފިރިމީހާ ނިކް ޖޯނަސް އާއި އޭނާގެ މަންމަ މަދޫ ޗޯޕްރާ އަދި އޭނާގެ ކޮއްކޮ ޕަރިނީތީ ޗޯޕްރާ ވެސް ބައިވެރިވި އެވެ.

ކޮންސެޓާ ބެހޭ ގޮތުން ޗޯޕްރާ ކުރި ޕޯސްޓަށް އިންސްޓަގްރާމްގައި އެއް މިލިއަނަށް ވުރެ ގިނަ ލައިކްސް ލިބިފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް