ads
މަޖިލީހުގެ ރިޔާސަތުގައި އިނެނެވީ ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް
މަޖިލީހުގެ ނިޒާމު ގެއްލި ޖަލްސާ ނިންމާލައިފި
ރައްޔިތުންގެ މަޖިލީހުގެ ނިޒާމު ގެއްލިފައިވާކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް މިއަދުގެ ޖަލްސާ ނިންމާލައިފި އެވެ.
Advertisement

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާކޮށް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެވެ. 

ޖަލްސާ ކުރިއަށް ދަނިކޮށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު މުޅި މަޖިލީހަށް "މަލާމާތް" ކުރެއްވިކަމަށް ތުހުމަތުކޮށް، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ވަނީ މަޖިލީހަށް އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅުއްވާފަ އެވެ.

ހުސައިންގެ މި މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި 48 މެންބަރުން ވޯޓު ދެއްވީ ބަހުސް ކުރަން ނުފެންނަ ކަމަށެވެ. ބަހުސް ކުރަން ފެންނަކަމަށް ވޯޓު ދެއްވީ 20 މެންބަރުންނެވެ. އެހެންކަމުން މި މައްސަލައަށް ބަހުސް ކުރަން ފާހެއް ނުވި އެވެ. 

މަޖިލީހަށް އިމްތިޔާޒުގެ މައްސަލައެއް ހުށަހަޅާފައިވާތީ ބަންޑާރަ ނައިބުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް އިދިކޮޅު މެންބަރުން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވަނީ ބަހުސް ކުރަން ނުފެންނަ ކަމަށް ފާސްވެ އެ މައްސަލަ މަޖިލީހުން ބޭރުކޮށްލުމުން އިމްތިޔާޒްގެ މައްސަލައެއް ނެތްކަން ހާމަވާ ކަމަށެވެ. 

ރައީސް ނަޝީދު ނިންމެވީ އިމްތިޔާޒުގެ މައްސަލައެއް ހުށަހެޅިފައި އޮތުމުން ބަންޑާރަ ނައިބުގެ މައްސަލަ މިއަދު ކުރިއަށް ނުގެންދިއުމަށެވެ. 

އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދިޔުމަށް ނިންމަ ރައީސް ނަޝީދު ވަނީ ހެނދުނު ސައިގެ ގަޑިއަށް ޖަލްސާ މެދު ކަނޑާލާފަ އެވެ. ސަޔަށްފަހު ޖަލްސާ ފެށި އިރު ރިޔާސަތުގައި އިންނެވީ ހަސަން އަފީފެވެ. 

ހަސަން އަފީފް ޖަލްސާ ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަން ފެށުމުން އެމްޑީޕީގެ މެންބަރުން ވަނީ އަޑުގަދަކޮށް ޖަލްސާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފަ އެވެ. 

މެންބަރުން އަޑުގަދަކުރަން ފެށުމުން މަޖިލީހުގެ ނިޒާމު ގެއްލިއްޖެކަމަށް ވިދާޅުވެ އަފީފް ވަނީ ޖަލްސާ ނިންމާލާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް