ads
އަންގޭ ޕޮސްޓެކޮގްލޫ
ޓޮޓެންހަމްގެ ކޯޗަކަށް އަންގޭ ޕޮސްޓެކޮގްލޫ
ހުސްވެފައިވާ ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުގެ މަގާމަށް ސެލްޓިކްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫ ގެންނަން ނިންމައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޕޮސްޓެކޮގްލޫއާ ޓޮޓެންހަމާ ދެމެދުވަނީ ދެ އަހަރުގެ ކޮންޓްރެކްޓެއް ހެދުމަށް މިހާރު އެއްބަސްވުމަކަށް އާދެވިފައެވެ. ޕޮސްޓެކޮގްލޫއަކީ އޮސްޓްރޭލިއާ އަށް ނިސްބަތްވާ މީހެކެވެ. އޭނާގެ އުމުރަކީ 57 އަހަރެވެވެ. ޕޮސްޓެކޮގްލޫވަނީ މި ސީޒަންގައި ސެލްޓިކާ އެކު ތިން ތަށި ކާމިޔާބުކޮށްފަ އެވެ.

ޕޮސްޓެކޮގްލޫއަކީ ޔޫރަޕްގެ ކްލަބު ފުޓްބޯޅައިގައި މާބޮޑު ތަޖުރިބާއެއް އަދި ނެތް ކޯޗެކެވެ. އެހެންނަމަވެސް  އޮސްޓްރޭލިއާގެ ގައުމީ ޓީމަށް ކުރިން ކޯޗުކޮށްދިން ޕޮސްޓެކޮގްލޫ ސެލްޓިކްގައި ކޮށްފައިވާ މަސައްކަތަށް ގިނަ ބައެއްގެ ތައުރީފް ވަނީ ލިބިފަ އެވެ.

ދޓޮޓެންހަމް އިން ވަނީ މިދިޔަ ސީޒަން ފެށިގެން ދުވަސްކޮޅެއްގެ ތެރޭގައި  ކޯޗަކަށް ހުރި އިޓަލީގެ އެންޓޯނިއޯ ކޮންޓޭ މަގާމުން ވަކިކޮށްފަ އެވެ. އޭގެ ފަހުން، ވަގުތީ ކޯޗުކަން ހަވާލުކުރި ކްރިސްޓިއަން ސްޓެލީނީއާ ވެސް މަގާމުން ވަކިކޮށް، ޓޮޓެންހަމްގެ ކޯޗުކަން ވަގުތީ ގޮތުން ހަވާލުކުރީ ރަޔާން މޭސަންއާ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް