ads
މްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ އެކު މެންބަރު ރޮޒައިނާ
ނަޝީދު މަގާމުން ވަކިކުރަން ސޮއި ހަމަވެއްޖެ: ރޮޒައިނާ
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ ސޮއި އެމްޑީޕީން ހަމަކޮށްފި އެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ބޭނުންވާ ސޮއި ހަމަވެފައިވާކަން ކަށަވަރުކޮށްދެއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރުން ރޮޒައިނާ އާދަމް އެވެ. 

ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމަށް ބޭނުންވާ ސޮއި 'މިހާ އަވަހަށް' ހަމަވެފައިވާ ކަމަށެވެ. 

"44 ސޮއި މިހާ އަވަހަށް ހަމަވެއްޖެ!!!" - ރޮޒައިނާ

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕީޖީން ފާސްކުރީ މިއަދު އެ ޕާޓީގެ ޕީޖީން ބޭއްވި ބައްދަލުވުމެއްގަ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕީޖީ ލީޑަރު އަސްލަމް ވިދާޅުވީ 36 މެންބަރުން ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ވޯޓު ދިން ކަމަށެވެ.  

މީގެ އިތުރުން އަސްލަމް ވަނީ މިހާރު މަޖިލީހުގެ ކޮމިޓީތަކުގެ މަސައްކަތްތައް ކުރިއަށް ނުދާތީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. 

މަޖިލީހުގެ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާއިރު މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މަޖިލީހަށް ހުށަހަޅާފަ އެވެ. އީވާގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ 50 މެންބަރުންގެ ސޮޔާއި އެކު އެވެ. 

50%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
10%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް