ads
އެމްއެމްއޭ: އީދު ބަންދުގައި އެމްއެމްއޭ އާއި ބޭންކުތައް ހުޅުވާނީ މި މަހުގެ 26 ވަނަ ދުވަހު އެކަނި - ފޮޓޯ:އަވަސް
އީދު ބަންދުގައި އެމްއެމްއޭ އާއި ބޭންކުތައް ހުޅުވާނީ މި މަހުގެ 26 ވަނަ ދުވަހު އެކަނި
މި އަހަރުގެ ބޮޑު އީދު ބަންދަށް މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން ސަރުކާރު އޮފީސްތައް ބަންދުކުރުމަށް ނިންމާފައިވާތީ އެ މުއްދަތުގައި މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކުތަކުން ހިދުމަތް ދިނުމަށް ނިންމާފައިވަނީ މި މަހުގެ 26 ވާ ހޯމަ ދުވަހު އެކަނި ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.
Advertisement

އީދު ބަންދުގެ ގޮތުގައި ހަފުތާއެއްގެ މުއްދަތު ދިނުމުގެ ގޮތުން ހައްޖު ދުވަހުގެ ދެ ދުވަސް ކުރިން ސަރުކާރު ބަންދު ކުރުމަށް ވަނީ ނިންމާފައެވެ. އެހެން ކަމުން މި މަހުގެ 25 ވަނަ ދުވަހު ބަންދުވުމަށް ފަހު، ސަރުކާރު ދެން ހުޅުވާނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ. 

ޖޫން 26 ވަނަ ދުވަހު އެމްއެމްއޭ އާއި ބޭންކުތަކުން ހިދުމަތް ދިނުމަށް ނިންމާފައިވާއިރު، އެމްއެމްއޭއިން ފައިސާ ބަލައިގަނެ ދޫކުރުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 2:00 އަށެވެ.ހެނދުނު 9:00 އިން ފެށިގެން މެންދުރުފަހު 2:00 އަށް ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނެއެވެ.

އީދާ ގުޅިގެން ބޭންކުތައް ބަންދުވާތީ މިއަދު ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް އަންގާފައިވަނީ މި މަހުގެ 22 ވަނަ ދުވަހުގެ ކުރިން އެ އޮފީސްތަކުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށެވެ.

އެގޮތަށް މުސާރަ ދިނުމަށް މި މަހު އެންގި ނަމަވެސް އާންމު ގޮތެއްގައި ސަރުކާރުގެ މުވައްޒަފުންނަށް މުސާރަ ޖަމާވަނީ ކޮންމެ މަހެއްގެވެސް 28 ވަނަ ދުވަހާއި 30 ވަނަ ދުވަހާ ދެމެދުގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް