ads
ދިރާގު ރޯޑް ރޭހުގައި މެޑިކަލް ސަޕޯޓް ދޭން ބައިވެރިވި ޓްރީޓޮޕްގެ ޓީމް: އެ ދުވުމުގެ މެޑިކަލް ޕާޓްނަރަކީ ޓްރީޓޮޕް - ފޮޓޯ: ޓްރީޓޮޕް
ދިރާގު ދުވުމުގެ މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ޓްރީ ޓޮޕުން މުހިންމު ހިދުމަތެއް
މިދިޔަ ހުކުރު ދުވަހު ބޭއްވި ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް ބޭނުންވާ މެޑިކަލް ސަޕޯޓް އެ ދުވުމުގެ މެޑިކަލް ޕާޓްނަރުގެ ގޮތުގައި ފޯރުކޮށްދީފައިވާ ކަމަށް ޓްރީޓޮޕް ހޮސްޕިޓަލުން ބުނެފި އެވެ.
Advertisement

ހުޅުމާލޭގައި މިދިޔަ ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މި ދުވުމުގައި ބައިވެރިވި ފަރާތްތަކުގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށް އަމާޒުކޮށްގެންވީ މި ޕާޓްނަޝިޕްގެ ދަށުން، ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ސިއްހީ ހިދުމަތްތައް ފޯރުކޮށްދީފަ އެވެ.

މި ދުވުމުގައި 4,500އަށް ވުރެ ގިނަ ބައިވެރިން ވާދަކުރިއިރު، ހާފް މެރަތަން، 10 ކިލޯމީޓަރު އަދި 5 ކިލޯމީޓަރުގެ ދުވުންތައް ކުރިއަށް ގެންދިޔަ އެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމެވެ. އެ ދުވުމުގައި މިއަހަރު 4،500 ދުވުންތެރިން ބައިވެރިވި އެވެ. ދިރާގު ރޯޑު ރޭހަކީ އެސޯސިއޭޝަން އޮފް މެރެތަން އެންޑް ޑިސްޓެންސް ރަނާސް (އެއިމްސް)ގެ ބައިނަލްއަގުވާމީ ދުވުމުގެ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ، ދުނިޔޭގެ އެތުލެޓިކްސް ބަލައިގަންނަ ރޫޓަކާ އެއްކޮށް ބާއްވާ ހަމައެކަނި ރާއްޖޭގެ ދުވުމުގެ އިވެންޓެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން އެ ހޮސްޕިޓަލުގެ އިޖުތިމާއީ ޒިންމާގެ ދަށުން އެފަދަ އެކި ހަރަކާތްތަކަށް ބޭނުންވާ މެޑިކަލް ސަޕޯޓް ފޯރުކޮށްދެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް