ads
ހުސްނީ މުބާރަކު
ޖޭއެސްސީގެ ރައީސަކަށް ހުސްނީ އިންތިހާބުކޮށްފި
ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސްގެ މަގާމަށް، އެކޮމިޝަނުގެ މެންބަރުކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ މެންބަރު، އަލްއުސްތާޒް ހުސްނީ މުބާރިކް އައްޔަންކުރުމަށް އެކޮމިޝަނުން ނިންމަވައިފި އެވެ.
Advertisement

ޖޭއެސްސީން ބުނީ ކޮމިޝަނުގެ ގާނޫނުގައިވާ ގޮތުން މަތިން ކޮމިޝަނުގެ ރައީސަކު ހޮވުމަށްޓަކާ މިއަދު ބޭއްވި ޖަލްސާގައި ބައިވެރިވި މެމްބަރުންގެ މެދުގައި ނެގުނު ވޯޓުން އެ މަގާމަށް ހުސްނީ އައްޔަން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީގެ މެމްބަރުގެ މަގާމަށް ހުސްނީ އައްޔަން ކުރައްވައި، އޭނާއަށް މަގާމުގެ ފަތްކޮޅު އެރުވީ ވެސް މިއަދެވެ.

ޖޭއެސްސީގައި 10 މެންބަރުން ތިއްބަވާއިރު، މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ޖޭއެސްސީގެ ރައީސްއަކަށް ހުންނެވީވެސް ރިޒާއެވެ. 

ރިޒާގެ ބަދަލުގައި ޖޭއެސްސީއަށް ހުސްނީ މުބާރިކް އައްޔަންކުރުމަށް މަޖިލީހުން ފާސްކުރީ މިމަހުގެ 27 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް