ޝޭހް އިލިޔާސް މިފަދައިން ވިދާޅުވެފައިވަނީ ކޮވިޑް19 އާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ ވީޑިއޯ އެއްގައެވެ.
އެގޮތުން އެ ވީޑިއޯގައި ޝޭހް އިލިޔާސް ވިދާޅުވެފައިވަނީ، މިފަދަ ނާޒުކު ވަގުތެއްގައި ވެސް އަޅުގަނޑުމެން އެންމެ މުހިންމު ކަމެއް ދޭންޖެހޭ ކަމަކީ ދުއާ ކުރުންކަމަށެވެ.
މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީވެސް ދުއާކުރުން ކަން ފާހަގަ ކުރައްވާ ޝޭހް އިލިޔާސް ވިދާޅުވީ، ދުއާކުރުމުން ވަރަށް ގިނަ ކަންތައްތައް ރަނގަޅު ވެގެންދާނެ ކަމަށެވެ.
ޝޭހް އިލިޔާސް ވިދާޅުވީ އެންމެ މުހިންމު ކަމަކީ ދުއާ ކުރުން ކަމަށާއި، އަދި ދުއާ ކުރާއިރު ފުރިހަމަ ޔަގީންކަމާއި އެކު ދުއާ ކުރުން މުހިންމު ކަމަށެވެ.