ads
ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު -- ފޮޓޯ: މަޖިލިސް
އަފްރާޝީމުގެ މަރުގެ ރިޕޯޓް މަޖިލީހުން ދިރާސާކުރި ގޮތް ގޯސް: ރިޔާޒު
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ދިރާސާކުރި ގޮތާ މެދު ސުވާލު އުފައްދަވާ، ކޮމިޓީގެ އެމަސައްކަތަށް ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ ތަހުގީގުކޮށް މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ދިރާސާކުރި ގޮތާ މެދު ސުވާލު އުފައްދަވާ، ކޮމިޓީގެ އެމަސައްކަތަށް ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ސީއެންއެމްގެ އިތުރުކާފް ޕްރޮގްރާމްގައި ރޭ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރިޔާޒު ވިދާޅުވީ ޑރ. އަފްރާޝީމްގެ ރިޕޯޓް މަޖިލީހަށް ލިބުމުން މަރު ކޮމިޝަންގެ މެންބަރުން 241 ކޮމިޓީއަށް ހާޒިރުކޮށް ކުރަން ބޭނުންވާ ސުވާލުތަކެއް ހުރިކަން އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކޮމިޓީން އެކަން އެގޮތަށް ކުރަން ބޭނުން ނުވި ކަމަށްވެސް ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ޑރ. އަފްރާޝީމްގެ ރިޕޯޓް ނެރުމާ އެކު އާންމުން ސާފުކުރަން ބޭނުންވި އެތައް ކަމެއް ހުރި ކަމަށެވެ. ނަމަވެސް މަރު ކޮމިޝަންގެ ބޭފުޅުން 241 ކޮމިޓީއަށް ހާޒިރުކޮށްފައި ނުވާތީ އެކަންކަން ސާފުވެފައި ނުވާ ކަމަށެވެ. އެހެންކަމުން ކޮމިޓީގެ މަސައްކަތް ކުރިއަށް ދިޔަ ގޮތާ މެދު ރިޔާޒު ވަނީ ސުވާލު އުފައްދަވާފަ އެވެ.

"މައްސަލަ މަޖިލީހަށް އައުމާއެކު މެންބަރުން ކައިރިން އަޅުގަނޑު އެދުނިން ރައްޔިތުން ސުވާލުތަކެއް އުފެއްދިއޭ. އެ ސުވާލުތައް ކުރެވެން ވާނެ ކަމަށް ގަބޫލުކުރަމޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މަޖިލީހުގެ 241 ކޮމިޓީން އެކަން ދިޔައީ އެންމެ ރަނގަޅަކަށް ނޫން. ސުވާލުކުރެވިގެން އިތުރަށް ތަފުސީލުވާން ޖެހޭ ކަންތައްތަކެއް ރިޕޯޓުގައި އެބަހުރި،" ރިޔާޒު ވިދާޅުވިއެވެ.

މަޖިލީހުގެ 241 ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ރިޔާޒު ހިމެނިވަޑައިގެންނެވި ނަމަވެސް މަރު ކޮމިޝަނުން އެކުލަވާލި ޑރ. އަފްރާޝީމް އަލީގެ ރިޕޯޓް ދިރާސާކުރި ކޮމިޓީގެ ބައްދަލުވުންތަކުގައި އޭނާ ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ. ސަބަބަކީ ޑރ. އަފްރާޝީމް އަވަހަރާކޮށްލި އިރު ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި އޭނާ ހުންނެވުމާ ގުޅިގެންނާއި، މަރު ކޮމިޝަނުން ކުރިއަށް ގެންދިޔަ ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގަށް އޭނާ ބަޔާނެއް ދެއްވާފައިވާތީ މަސްލަހަތު ފުށުއެރުންތަކެއް ހުރުމުންނެވެ.

ރިޔާޒު ވިދާޅުވީ މަރު ކޮމިޝަނާ ހަވާލުކޮށްފައިވަނީ ވަރަށް މުހިއްމު މަސައްކަތްތަކެއް ކަމަށްވާއިރު އެ ކޮމިޝަނުން ނެރޭ ރިޕޯޓަކާ ދޭތެރޭ ސުވާލު އުފައްދާނަމަ އެކަން ބަލަންޖެހޭނެ ކަމަށެވެ. މަރު ކޮމިޝަނުން ނެރުނު ޑރ. އަފްރާޝީމްގެ ރިޕޯޓްގެ ސައްހަ ކަމާ ދޭތެރޭ އިދިކޮޅު ފަރާތްތަކުން ވެސް ސުވާލުތަކެއް އުފައްދާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންކަމުން އެ ސުވާލުތަކަށް މަޖިލީހުގެ ތެރެއިން ޖަވާބު ހޯދެންވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ރިޔާޒު ވަނީ ޑރ. އަފްރާޝީމް އަލީ އަވަހަރާކޮށްލި ގޮތް ތަހުގީގުކޮށް މަރު ކޮމިޝަނުން އެކުލަވާލި ރިޕޯޓްގެ ސައްހަ ކަމާ މެދު އެއްޗެއް ވިދާޅުވުމަށް އުޒުރުވެރިވެވަޑައިގެންފަ އެވެ.

"ސީދާ ރިޕޯޓަށް އަޅުގަނޑު ކޮމެންޓް ކުރާކަށް ބޭނުމެއް ނުވޭ. ސީދާ އެއީ ރަނގަޅު އެއްޗެއްތޯ، ސައްހަ އެއްޗެއްތޯ،" ރިޔާޒު ވިދާޅުވި އެވެ.

މަރު ކޮމިޝަނުން ރިޕޯޓްތަކެއް އެކުލަވާލުމަށްފަހު ބައެއް މީހުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވެ އެވެ. ނަމަވެސް ޕީޖީ އޮފީހުން ވަނީ މަރު ކޮމިޝަނުން ފޮނުވި ބައެއް މައްސަލަތައް އިތުރަށް ފުރިހަމަކުރަންޖެހޭ ކަމަށް ބުނެ އެ މައްސަލަތައް އަނބުރާ މަރު ކޮމިޝަނަށް ފޮނުވާލާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް