ބީއެމްއެލުން ބުނީ ކަސްޓަމަރުން ސްކޭމްއިން ރައްކާތެރި ކުރުމަށާއި ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިތުރު ފިޔަވަޅެއްގެ ގޮތުން، އެ ބޭންކުން ކުއްލި ހާލަތްތަކުގައި އިންޓަނެޓް ބޭންކިން އަދި ކާޑުތަކުގެ ހިދުމަތް ކަސްޓަމަރު އަމިއްލައަށް ވަގުތުން މެދުކަނޑާލެވޭ 'ކިލް ސްވިޗް' ތައާރަފުކޮށްފައިވާ ކަމަށެވެ.
'ކިލް ސްވިޗް' ބޭނުންކޮށްގެން ވަގުތުން އެކްޓިވްކޮށް ހުންނަ އިންޓަނެޓް އަދި މޯބައިލް ބޭންކިން ސެޝަންތަކުން ލޮގްއައުޓްވެ، ސްކޭމެއް މެދުވެރިވާ ހާލަތްތަކުގައި އިތުރު މުއާމަލާތެއް ހިނގުމުގެ ކުރިން ކާޑުތައް ފްރީޒްކޮށްލެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން ބުނެފައިވަނީ މި ފީޗާއަކީ އިންޓަނެޓް ބޭންކިންގެ ލޮގިން ޕޭޖުގައި ކަސްޓަމަރަށް އަމިއްލައަށް ބޭނުން ކުރެވޭ ގޮތަށް ހިމަނާފައިވާ ފަންކްޝަނެއް ކަމަށެވެ. މިއީ ކަސްޓަމަރުން ބޭންކަށް ގުޅައިގެން އެކްޓިވް ކުރުމުގެ ބަދަލުގައި ވަގުތުން އެކްޓިވާނެ ފަންކްޝަނެއް ކަމަށް އެ ބޭންކުން ބުނެއެވެ.
ކިލް ސްވިޗް އެކްޓިވޭޓް ކުރާނެ ގޮތް:
ކިލް ސްވިޗް އެނޭބަލް ވުމުން، ސްކްރީނަށް އަދި އެސްއެމްއެސް މެދުވެރިކޮށް ކޮންފަމޭޝަން ލިބޭނެ ކަމަަށް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން ބުނި ގޮތުގައި ކިލް ސްވިޗް ކުރުމަށްފަހު، ކަސްޓަމަރުންނަށް އިންޓަނެޓް ބޭންކިން އަދި ކާޑުތައް އަލުން ރީއެކްޓިވޭޓް ކުރެވޭނީ ކޮންޓެކްޓް ސެންޓަރަށް ގުޅައިގެން ނުވަތަ އެންމެ ކައިރި ބްރާންޗަކަށް ހާޒިރުވެގެން ކަމުގައެވެ. އިންޓަނެޓް ބޭންކިން އަދި ކާޑުތައް އަލުން އެކްޓިވޭޓްކޮށްދޭނީ ހިންގޭ ވެރިފިކޭޝަން ޕްރޮސެސްއަކަށް ފަހުގައި ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.
ބީއެމްއެލުން ބުނެފައިވަނީ ފާއިތުވެދިޔަ މަސްތަކުގައި ކަސްޓަމަރުން ސްކޭމްއިން ރައްކާތެރި ކުރުމަށް އެ ބޭންކުން ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ. އެގޮތުން،
ބީއެމްއެލުން މިހާރު 325،000 ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެމުންދާއިރު، އެ ބޭންކުން ބުނެފައިވަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގައަކާ އެކު، 20 އަތޮޅުގައި 38 ބްރާންޗާއި 87 ސެލްފްސާވިސް ބޭންކިން ސެންޓަރުގެ އިތުރުން 143 އޭޓީއެމް އަދި 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން ހިމެނޭހެން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތް ފޯރުކޮށްދެމުންދާ ކަމަށެވެ.
ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.