ads
ރާއްޖޭގެ އެންމެ މޮޅު އެއް ޗެސް ކުޅުންތެރިޔާ އަޝްރަފް، މިފަހަރުގެ މުބާރާތުގެ ތެރެއިން
ގައުމީ ޗެސް މުބާރާތް: އޯޕަން އިވެންޓް ފަށައިފި
މޯލްޑިވްސް ޗެސް އެސޯސިއޭޝަން (އެމްސީއޭ) އިން ކުރިއަށް ގެންދާ ގައުމީ ޗެސް މުބާރާތުގެ އޯޕަން އިވެންޓުގެ ކުޅުން ފަށައިފިއެވެ.

މިފަހަރުގެ ގައުމީ މުބާރާތް ކުރިއަށް ގެންދަނީ ތިން އިވެންޓަކަށް ބަހާލައިގެންނެވެ. އެއީ ކްލަބް އިވެންޓް، ވިމެން އިވެންޓް އަދި އޯޕަން އިވެންޓެވެ. ކްލަބް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ކާސަލް ޗެސް ކްލަބް އެންޑް އެކަޑަމީންނެވެ. އަންހެން އިވެންޓުގެ އެއްވަނަ ހާސިލް ކުރީ ނިހާޔާ އަހްމަދެވެ. 

މިފަހަރުގެ އޯޕަން ކެޓަގަރީގައި ޖުމްލަ 65 ކުޅުންތެރިން ބައިވެރިވެފައިވެއެވެ. މުބާރާތް ކުރިއަށް ދާނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ. އޯޕަން ކެޓަގަރީގައި 15 ރައުންޑު ކުޅޭނެއެވެ. މުބާރާތުގެ މެޗުތައް ކުޅެނީ ހުޅުމާލޭގައި ހުންނަ ޗެސް އާކޭޑުގައެވެ. މި މުބާރާތުގެ ގަދަ 10 ގައި ހިމެނޭ ކުޅުންތެރިންނަށް ގައުމީ ޗެސް ސްކޮޑުން ޖާގަ ލިބޭނެއެވެ. 

މި މުބާރާތުގެ ފައިސާގެ އިނާމުގެ ގޮތުގައި ޖުމްލަ 80،000 ރުފިޔާ ވަނީ ހުށަހަޅާފައެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް