 
                                                                                                
                    މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ތިމާވެށީގެ ބިލަށް ބަހުސްކުރައްވަމުން އަލީ ހުސެން ވިދާޅުވީ ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން އަމަލުކުރަމުން އައިގޮތް ގޯސްވެގެން އެވާހަކަ ދެއްކީ އޭރު ހިންގާ މަޝްރޫތައް މަދުވެގެން ނޫންކަމަށެވެ.
ނަމަވެސް މަޝްރޫއުތައް ހިންގާއިރު ކޮރަޕްޝަނާއި އެކު އިހުލާސްތެރިކަން ނެތްކަން އިހުސާސުވުމުން ކަމަށެވެ.
މި ސަރުކާރުން ހިންގާ ކޮރަޕްޝަނާ ފަސާދައިގެ ސަަބަބުން "އަންތަރީސްވާކަަމަށް ވެސް" ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ އަލީހުސެން ވިދާޅުވިއެވެ.
"ނިންމާލަމުން ވެސް ދަންނަވަން އޮތީ އިހުލާސްތެރިކަމުގެ ނިޔަތްވެސް އޮތްކަން ހަގީގަތުގަ މި ސަރުކާރަށް ދައްކައެއް ނުލެވުނޭ،" އަލީ ހުސެން ވިދާޅުވިއެވެ.