ads
މޯލްޑިވްސް ނޭޝަނަލް ބޮޑީބޯޑިން ލީގް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގުން ސޮއިކުރުން - ފޮޓޯ:ޝާބިން / އަދަދު ސްޕޯޓްސް
މޯލްޑިވްސް ނޭޝަނަލް ބޮޑީބޯޑިން ލީގް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މޯލްޑިވްސް ނޭޝަނަލް ބޮޑީބޯޑިން ލީގް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) އިން ސޮއިކޮށްފިއެވެ.
Advertisement

މި އަހަރުގެ ލީގް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ، ފުވައްމުލަކު ސިޓީގެ އިތުރުން ކ. ތުލުސްދޫގައި ބޭއްވޭ ހަތަރު އިވެންޓެއްގެ މައްޗަށެވެ. މިގޮތުން 'ބުރުނު ޝިކާރު ބޮޑީބޯޑިން ޗެލެންޖް 2023' ގެ ނަމުގައި ލީގުގެ ފުރަތަމަ އިވެންޓް އޮންނާނީ މި މަހުގެ 17 އިން ފެށިގެން 23 އަށް މާލޭގެ ވަރުނުލާ ރާޅުގަނޑުގައެވެ. އަނެއް ތިން އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅުގައެވެ.

"މޯލްޑިވްސް ނޭޝަނަލް ބޮޑީބޯޑިން ލީގް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި ރާއްޖޭގައި ވާދަވެރި ކުޅިވަރެއްގެ ގޮތުގައި ބޮޑީބޯޑިން ކުރިއަރަމުން ގޮސް، ދިވެހި އެތުލީޓުން މި ކުޅިވަރުގެ ބައިނަލްއަގުވާމީ ފެންވަރުގައި ރޭންކް ކުރެވިފައިވާ ތަން ފެނުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް،" - ދިރާގުގެ އެސިސްޓެންޓް މެނޭޖަ ބްރޭންޑް، ނާޔާ ޝަރީފް

އެމްބީބީއޭގެ ރައީސް އަބްދުالله އަރީފް ވިދާޅުވީ ރާއްޖޭގައި ބޮޑީބޯޑިން ކުރިއެރުވުމަށް ދިރާގުން ދެމުން ގެންދާ އެހީތެރިކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ދިރާގުގެ ޑިޖިޓަލް އެހީތެރިކަމާއި ހައި ސްޕީޑް ކަނެކްޓިވިޓީގެ ސަބަބުން ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ އިވެންޓުތައް އެކި ކަންކޮޅުތަކުގައި ތިބޭ ފަރާތްތަކަށް ގެނެސްދީ ވާދަވެރި ބޮޑީބޯޑިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ ގާއިމުކުރުމަށް މަގުފަހިވިކަމަށްޓަކައި އެ ކުންފުންޏަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަަމަށް ވެސް އެމްބީބީއޭގެ ރައީސް ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، ތަފާތު ކޮމިއުނިޓީ އެންގޭޖްމަންޓް ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް