ads
ޓިކްޓޮކް/ ފޮޓޯ ގޫގްލް
ޓިކްޓޮކުން ލިބެނީ ފައިދާތަ ގެއްލުންތަ!
ޓިކްޓޮކަކީ ކޮބާ؟ ޓިކްޓޮކް ރަނގަޅުތަ ނުވަތަ ގޯސްތަ؟. ޓިކްޓޮކް ރައްކާތެރިތަ؟ ހިނގާދޯ ބަލާލަމާ!

ޓިކްޓޮކަކީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމެކެވެ. އެ ޕްލެޓް ފޯމްގެ ޒަރީއާއިން ކުރު ވީޑިއޯތައް އުފައްދައި، ޝެއާކޮށް، އެހެންމީހުންގެ މަގުބޫލުކަން އެ ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަތަކުން ހޯދެއެވެ. ނަމަވެސް ޓިކްޓޮކުން ލިބެނީ ފައިދާތޯ ގެއްލުންތޯ އާއިމެދުއުފެދޭ ސުވާލެއް އެބައޮތެވެ.

އެ ސުވާލަށް އެކިމީހުން އެކި ގޮތަށް ޖަވާބު ދެއެެވެ. މިއީ ބައެއް މިހުންގެ ނަޒަރުގައި ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. ނަމަވެސް މީގެ އަސްލު ހަގީގަތް މި ރިޕޯޓްގައި ފާހަގަ ކޮށްލަން ބޭނުންވެއެެވެ. އެގޮތުން ޓިކްޓޮކްގެ ހަގީގަތަށް ބަލާއިރު، މި އެޕްލިކޭޝަނަކީ ލަވަކިޔުމާއި ޑާންސްއާއި ކޮމެޑީ އަދި އެކި ކަންކަމުގައި ހިޔާލު ފާޅުކުރުމުގެ އައުޓްލެޓެއްގެ ގޮތުގައި ޒުވާނުން ބޭނުންކުރާ އެޕްލިކޭޝަނެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

އެކި ޒާތުގެ ވީޑިއޯ ތައް ހަދައި މުޖުތަމައުއެއްގައި ވީޑިއޯތައް ހިއްސާ ކުރުމުގެ ފުރުސަތު ވެސް މި އެޕްލިކޭޝަނުގެ ސަބަބުން ލިބިގެންދެއެވެ.

ދިވެހި މި މުޖުތަމައުއާއި، ޓިކްޓޮކާއި ހުރި ގުޅުމަށް ބަލާލަމާ ހިނގާށެވެ. ދިވެހި މުޖުތަމައުގައި ދުނިޔޭގެ އެހެންގައުމުތަމުގައިވެސް ޓިކްޓޮކް ބޭނުންކުރާ ގޮތަށް ބޭނުން ކުރެއެވެ. އެކި އުމުރުތަކުގެ އެކި މީހުންނެވެ. މީގެ ތެރޭގައި ދެ ޖިންސުގެ ޒުވާނުންވެސް ހިމެނެއެވެ.

ޓިކްޓޮކާއި ދިވެހިންނާއި ގުޅުން އޮތީ ކިހާވަރަކަށް...

ޓިކްޓޮކާއި ދިވެހިންނާއި ގުޅުން އޮތީ ކިހާވަރަކަށްތޯ ބަލާލާއިރު، ޓިކްޓޮކް ވަނީ ދިވެހިންގެ ދިރިއުޅުމުގެ ހުރިހާ ކަމަކާއި ގުޅިފައިއެވެ. ސޯޝަލް މީޑިޔާގެ އެކި ވަސީލަތްތަކުން މިކަން ވަރަށް ރަނގަޅަށް އެގެއެވެ. އެކި މީހުން އެމީހުންގެ ހުރި އެކި ހުނަރަތަށް ޓިކްޓޮކްގެ ޒަރީޔާއިން ދައްކަމުންދާއިރު، ތަފާތު ހުނަރުވެރިން ފެނިގެންދެއެވެ. ފަންނީ މީހުންނާއި އިލްމީ މީހުންވެސް ފެނިގެންދެއެވެ. 

ކުރިންވެސް ފާހަގަ ކުރިގޮތަށް ބޮޑަށް ފެނިގެންދަނީ ލަވަކިޔުމާއި، ޑާންސްއާއި، ކޮމެޑީގެ ކަންތައްތަކެވެ. ހާއްސަކޮށް މާޖާ ކަންތައްތަކުގެ ތެރެއިން އެތައްބަޔަކު މުނިފޫހި ފިލުވައިދޭ ހަރަކާތްތައްވެސް މި ޕްލެޓްފޯމްވަނީ ހިމެނިފައެވެ.

ޓިކްޓޮކާއި ދޭތެރޭ ދެކޭ ގޮތް ތަފާތީ ކިއްވެ؟

ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތަކެކޭވެސް އެއްފަދައިން މިއީ ވެސް ރައްކާތެރި ރަނގަޅު ޕްލެޓްފޯމެކެވެ. އެހެން ނަމަވެސް ދިވެހިންނަށް މިކަމަށް ނުރުހެވެއެވެ. ސަބަބަކީ ޓިކްޓޮކް ބޭނުންކުރާ ބައެއްފަރާތްތަކުން އިސްލާމީ މިންގަނޑުތަކާއި ހިލާފު އަމަލުތައްވެސް ޓިކްޓޮކްގެ ޒަރީޔާއިން ކުރަމުންދާތީއެވެ. މި ކަމަށްނުރުހެވޭ މީހުން ބުނެއުޅެއެވެ.

ލަވަކިއުމައަކީ އިސްލާމްދީނުގައި ހަރާމް ކަމެކެވެ. ނަމަވެސް ޓިކްޓޮކްގެ ލަވަވެސް ކިޔަނީއެވެ. ޑާންސްކޮށް ދެ ޖިންސުގެ ޒުވާނުން އެއްތަންވުމަކީވެސް އިސްލާމްދީން ގަބޫލުކުރާ ކަމެއްނޫނެވެ. ނަމަވެސް މިކަންތައްވެސް ހަމަ ކުރަނީއެވެ. ކަން މިހެންއޮތްއިރު، އެކަމަށް ބާރުލިބިދޭ އެއްކަމެއް އެބައޮތެވެ. މުޖުތަމުގެ ހަމަތަކުންނެއްޓި މިންގަންގަޑުންބޭރުވެ ބައެއްމީހުން ޓިިކްޓޮކުން ދޫކޮށްލާ ވިޑިއޯތައް ފެންނަން ހުންނާތީއެވެ.

ނަމަވެސް ހަގީގަތަކީ ކޮންމެ ކަމެއްގަވެސް ދެ ކޮޅު އޮންނާނެކަން ދެނެގަތުމެވެ. ދިވެހި ހަރު ބަހެއްގައި އޮވެއެވެ. ހަލާދަނޑީގެ ދެކޮޅު ބަލާށެވެ. އެހެންކަމުން ކޮންމެ ކަމެއްގައިވެސް ކަމެއް ނިންމުމުގެ ކުރިން އެކަމުގެ ހަގީގަތް ބަލާށެވެ. ފުރަތަމަ ފާހަގަވީ ގޯސްކަންތައްތަކެއް ކަމަށް ވާނަމަ ދެން އެއްޗެއްގައި ހުރި ރަނގަޅު ކަމަކާއި ދޭތެރޭގައި ވިސްނާލަންވީއެވެ. އެހާ ހިސާބުން އަޅާކިޔޭނެވެެ. މިންވަރު ވަޒަން ކުރެވޭނެއެވެ.

މިހާ ހިސާބުން ޓިކްޓޮކްގެ ހުރި ރަނގަޅު ކަންތަކަށް ބަލާލާނަމެވެ. އެގޮތުން އޭގައި ފާހަގަވާން ހުރި ކަންތަކުގެ ތެރޭގައި ދީނީ ދަރުސް އާއި، ދީނީ ބައެއް މައުލޫމާތުވެސް ހުރެއެވެ. ޒިކުރާއި ދުއާތަކެވެ. ހެޔޮ އަމަލުތައް ކުރުމާއި ހެޔޮ މަގު ހޯދުމުގައި ޓިކްޓޮކްގެ ޒަރީޔާއިން އެކަންތައްތައްވެސް ފެތުރުންވެސްމެއެވެ.

އަދި ޑްރާމެ ގޮތުގައި ހުށައަޅައިދޭ ހުށައެޅުންތަކުން ދިރިއުޅުމަށްބޭނުންވާ ވަރަށްގިނަ މައުލޫމާތުވެސް އާންމުނަށް ފޯރުކޮށްދެވެއެވެ. އަބަދުވެސް ދަންނަންވީ ކަމަކީ ކޮންކަމެއްގައިވެސް ރަނގަޅު ކަަންތައްތަކާއި، ނުރަނގަޅު ކަންތައް ހުންނާނެ ކެމެވެ. 

އެހެންކަމުން ޓިކްޓޮކަކީ ގޯސް ވަސީލަތެއްގެ ގޮތުގައި ނުބުނެވޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް