
އެއް ފޮޓޯއެއްގައި އޭނާ ލައިގެން ހުރީ މާމެއިޑު ޑިޒައިނަކަށް ހަދާފައިވާ ކަހަލަ އޮރެންޖް ކުލައިގެ ކަޓައުޓް ހެދުމެކެވެ.
މި ހެދުން ލައިގެން ރައުލް ޕްރީތު ނުކުތުމާއެކު ރާއްޖެއިން މާމެއިޑްއެއް ނުވަތަ "ފެނުޕަރީއެއް" ފެނުނުކަމަށް ބުނެ ބައެއް މީޑިއާތަކުންވަނީ ރިޕޯޓުކޮށްފައެވެ.
ރަކުލް ޕްރީތު ސިންގް އަކީ އިންޑިއާގެ ފިލްމީ ތަރިއެއްގެ އިތުރުން މޮޑެލްއެކެވެ. އޭނާ ގިނައިން މަސައްކަތް ކުރަނީ ހިންދީ، ޓެލަގޫ އަދި ތަމަޅަ ފިލްމުތަކުގަ އެވެ. ފިލްމްފެއާ އެވޯޑްސް ސައުތުގައި ހަތަރު ނޮމިނޭޝަންގެ އިތުރުން ސައުތު އިންޑިއަން އިންޓަނޭޝަނަލް މޫވީ އެވޯޑެއް ހިމެނޭ ގޮތަށް ގިނަ އެވޯޑްތަކެއް ވެސް ހޯދާފައިވެއެވެ.
ކޮލެޖުގައި އުޅުނު ދުވަސްވަރު މޮޑެލްއެއްގެ ގޮތުގައި ކެރިއަރު ފެށި 2009 ވަނަ އަހަރު ފިލްމު "ގިލީ" އިން ފިލްމީ ދާއިރާއަށް ނުކުތް އިރު، 2013 ވަނަ އަހަރު ޓެލެގޫ ފިލްމު "ވެންކަޓަޑްރީ އެކްސްޕްރެސް" އާއި ތަމަޅަ ފިލްމު "ތަޑައިރާ ތައްކާ" އިން ފެނިގެން ދިޔައެވެ.