އިންޑިއާގެ މޫސުމާ ބެހޭ އިދާރާ (އައިއެމްޑީ) އިން ވަނީ ކަރްނާޓަކާ، މަހާރާޝްތުރާ، ގޯއާ، އަދި ކެރެލާ ސްޓޭޓްތަކަށް އިންޒާރު ދީފަ އެވެ.
ރާއްޖެ އޮންނަނީ އިންޑިއާގެ ހުޅަނގު ދެކުނުގައި ކަމުން، ތޫފާނުގެ އަސަރު ރާއްޖެ ކޮށްފާނެ ކަމަށް ބެލެވޭ ކަމަށް ބައެއް ރިޕޯޓުތަކުގައި ވަނީބުނެފައެވެ.
ނަމަވެސް އޭގެ އަސަރަކީ ކޮބައިކަން ޔަގީންކޮށް ބުނަން އަދި މާ އަވަހެވެ. އައިއެމްޑީން ދަނީ ތޫފާން ވަރަށް ގާތުން މޮނިޓަރ ކުރަމުން ކަމަށާއި ބޭނުންވާ ގޮތަށް އަޕްޑޭޓްތައް ނެރޭނެ ކަމަށެވެ.
ތޫފާނު އިންޑިއާއަށް އަރައިފިނަމަ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވައިގަވެ ބޯކޮށް ވާރޭވެހުމުގެ ސަބަބުން މުދަލާއި އިންފްރާސްޓްރަކްޗަރަށް ގެއްލުން ލިބިދާނެ އެވެ.