ads
ލަންކާ ދަރިވަރުންގެ މުޒާހަރާތަކުގެ ތެރެއިން
ލަންކާ ސަރުކާރާ ދެކޮޅަށް ދަރިވަރުން ނިކުމެއްޖެ
ޔުނިވަސިޓީތަކާއި ކޮލެޖުތަކުގައި ކިޔަވާ ދަރިވަރުން ސްރީ ލަންކާގެ ސަރުކާރާ ދެކޮޅަށް ވެރިރަށް ކޮލަމްބޯގެ މަގުތަކަށް މުޒާހަރާއަށް ނިކުމެއްޖެ އެވެ.

ދަރިވަރުން މަގުތަަކަށް މިނިކުރީ މިދިޔަ އަހަރު އެގައުމުގައި ކުރި ވަރުގަދަ މުޒާހަރާ ތަކުގައި ހައްޔަރުކުރި ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން އަދިވެސް މިނިވަން ކޮށްފައި ނުވާތީ އެކަމާ ދެކޮޅުހެދުމުގެ ގޮތުންނެވެ.

މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ މުޒާހަރާތައް ހުއްޓާލާނީ އެ ދަރިވަރުން ދޫކޮށްލުމުން ކަމަށެވެ.

ދަރިވަރުން މަގުތަކަށް ނިކުތުމުން އަނެއްކާވެސް ލަންކާ ސަރުކާރު ޕްރެޝަރަށް ގޮސް، މުޒާހަރާތައް ރޫޅާލުމަށް ވަނީ ބާރުގެ ބޭނުންކޮށްފައެވެ.

ލަންކާގެ ނޫސްތަކުގައި ބުނެފައިވަނީ ދަރިވަރުންގެ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ކަރުނަގޭސް ޖެހުމުގެ އިތުރުން ލުއި ހަތިޔާރުވެސް ބޭނުން ކުރަމުން ގެންދާކަމަށާއި، ހާލަތާ ނުބައްދަލު ބާރުގެ ބޭނުންވެސް ކުރަމުން ގެންދާ ކަމަށެވެ.

މިދިޔަ އަހަރު ލަންކާގެ ކުރެވުނު މުޒާހަރާތަކުގައި އެގައުމުގެ ބާރުގަދަ ރާޖަޕަކްސަ އާއިލާގެ ވެރިލަކަން ވަނީ ވައްޓާލާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް