ads
ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން
241 ކޮމިޓީން އެދިއްޖެނަމަ ރައީސްގެ މޮރިޝަސް ސިޓީ ފޮނުވާނެ
ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އެދިއްޖެނަމަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ސަރުކާރަށް ފޮނުއްވި ސިޓީފުޅު އެ ކޮމިޓީއަށް ފޮނުވާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގައި މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ 241 ކޮމިޓީން އެދިއްޖެ ހާލަތެއްގައި ސިޓީފުޅު އެ ކޮމިޓީއާއި ހިއްސާ ކުރައްވާނެ ކަމަށާއި ނަމަވެސް ދުނިޔޭގެ އެއްވެސް ތަނެއްގައި މިފަދަ ސިޓީފުޅުތަކަކީ އާންމު ކުރާ އެއްޗެއް ނޫން ކަމަށެވެ. 

"ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން އެދިއްޖެކަމަށް ވާނަމަ 241 ކޮމިޓީއަށް ސިޓީފުޅު ރައީސް ފޮނުއްވާނެ. އެހެންނަމަވެސް އާންމު އުސޫލެއްގެ ގޮތުން ދުނިޔޭގެ ދެ ގައުމެއްގެ ވެރިންގެ ދެމެދުގައި މި ބަދަލުކުރެވޭ ލިޔެކިޔުންތަކަކީ ނުވަތަ ސިޓީފުޅުތަކަކީ އާންމު ކުރާ އެއްޗެއް ނޫން. ދުނިޔޭގެ އެއްވެސް ތަނެއްގަ ކޮށް އުޅޭ ކަމެއް ނޫން،" - މިއުވާން

މިއުވާން ވިދާޅުވީ ދެ ގައުމުގެ ވެރިންގެ ދެމެދުގައި ބަދަލު ކުރެވޭ ސިޓީފުޅުތަކަކީ ރާއްޖޭގައިވެސް މީގެ ކުރިން އާންމު ކުރާ ލިޔެކިޔުންތަކެއް ނޫން ކަމަށެވެ. 

ރައީސް މޮރިޝަސްގެ ސަރުކާރަށް ފޮނުއްވި ސިޓީފުޅުގެ ވާހަކަ ދައްކަވާ ބައެއް ބޭފުޅުން އެ ވާހަކަ ދައްކަނީ ސިޔާސީ ބޭނުމަކަށް ކަމަށާއި އެމީހުން ބޭނުންވަނީ ދެ ގައުމުގެ ވެރިންގެ ދެމެދުގައި ބަދަލު ކުރެވޭ ސިޓީއަކީ އާންމު ކުރާ އެއްޗެއްކަން ދެއްކުމަށް ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި އަންގާރަ ދުވަހު އެމްޑީޕީގެ ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން 241 ކޮމިޓީގެ މުގައްރިރު އަދި އައްޑޫ ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިވަގުތު ކޮމިޓީތަކުގެ މަސައްކަތްތައް ހުއްޓިފައި އޮތްނަމަވެސް ކޮމިޓީތައް އަލުން އެކުލަވާލާ ނިމޭ އިރު އޭނާ 241 ކޮމިޓީގެ މުގައްރިރަކަށް ހުރެއްޖެ ނަމަ ރައީސްގެ ސިޓީފުޅު ހޯދަން ގަސްތު ކުރައްވާ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް