ވެސްޓްހޭމުން ފިއޮރެންޓީނާގެ މައްޗަށް ކުރި ހޯދީ ދެ ލަނޑު އެއް ލަނޑުންނެވެ. މި ނަތީޖާއާއެކު ވެސްޓް ހޭމް ޔުނައިޓެޑުން ޔޫރަޕްގެ މުބާރާތެއްގެ ތައްޓެއް ހޯދަން 43 އަހަރު ވަންދެން ކުރި އިންތިޒާރުވަނީ ނިމިފައެވެ. އެ ކްލަބް ލެޖެންޑް ބޮބީ މޫރްގެ ކެޕްޓަނުކަމުގެ ދަށުން 1965 ގެ ޔޫއެފާ ކަޕްވިނާސް ކަޕް ހޯދި ފަހުން އެ ޓީމަށް އަދި ޔޫރަޕުގެ ތަށްޓެއް ނުލިބެއެވެ.
ފިއޮރެންޓީނާގެ މައްޗަށް ކުރި ހޯދި މި ކާމިޔާބު އެންމެ ހާއްސަ ވާނީ ވެސްޓް ހޭމްގެ ކެޕްޓަން ޑެކްލަން ރައިސް އަށެވެ. އޭނާ ވަނީ 43 އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް ޔޫރަޕްގެ ތައްޓެއް ވެސްޓްހޭމަށް ހޯދައިދީފައެވެ. އެކަމަކު ބެލެވޭ ގޮތުހައި އޭނާ މި މެޗަށް ފަހު ކްލަބު ބަދަލުކުރާނެއެވެ.
ކޮންފަރެންސް ލީގާއެކު ވެސްޓްހޭމް ވަނީ އަންނަ ސީޒަންގެ ޔޫރޮޕާ ލީގަށް ކޮލިފައި ވެފަ އެވެ.