ads
ސައިފް އަލީ ހާން އަދި ޝާހިދު ކަޕޫރު
ކަރީނާ އަތުން ވަގަށް ނަގަން ބޭނުންވަނީ ސައިފް އަލީހާން: ޝާހިދު
ދާދިފަހުން ކުރި އިންޓަވިއުެއްގައި ޝާހިދު ކަޕޫރާ ސުވާލުކުރުމުން އޭނާގެ ކުރީގެ ލޯބިވެރިޔާ ކަރީނާ ކަޕޫރު ހާންގެ އަތުން ވަގަށް ނަގާނީ އޭނާގެ ފިރިމީހާ ސައިފް އަލީ ހާން ކަމަށް ޝާހިދު ކަޕޫރު ބުނެފިއެއެވެ.

އޭނާ މިހެން ބުނެފައިވަނީ ސަމާސާއެއްގެ ގޮތުންކަމަށް ރިޕޯޓުތައް ބުނެއެވެ. ޝާހިދު ގެންދަނީ އެނާގެ ފިލްމު "ބްލަޑް ޑެޑީ" ޕްރޮމޯޓު ކުރުމުންނެވެ. 

"ކަރީނާ އާއި ސައިފް އަށްޓަކައި ވަރަށް އުފާވޭ. އެއީ މޮޅު ދެމަފިރިން،" - ޝާހިދު ކަޕޫރު-

ޝާހިދު ވަނީ އެ އިންޓަވިއުގައި ދީޕިކާ ޕަދުކޯންގެ ވާހަކަ ވެސް ދައްކަފައެވެ. އެގޮތުން ދިޕިކާ އަތުން ވަގަށް ނަގަން ބޭނުންވަނީ ކޯއްޗެއްތޯ އެހުމުން ޝާހިދު ބުނީ އޭނާ ވަގަށް ނަގަން ބޭނުންވަނީ ދިޕިކާގެ" ބޮޑު ދެ ލޯ " ކަމަށެވެ. 

"އޭނާގެ ލޮލަކީ ހުނަރުވެރި އެކްޓަރަކަށް ވަރަށް މުހުންމު އެއްޗެއް،" ޝާހިދު ބުންޏެވެ.

 އޭނާ ބުނާ ގޮތުގައި އޭނާ އަކީ ވަރަށް ހުނަރުވެރި ބަތަލާއެއް ކަމަށާއި އޭނާއާ އެކު ދެ ފިލްމެއްގައި މަސައްކަތް ކުރުމަކީ އޭނާގެ ނަސީބެއް ކަމަށެވެ. 

"ދީޕިކާ އަކީ ވަރަށް ހުނަރުވެރި ބަތަލާއެއް. ވަރަށް ބުރަކޮށް މަސައްކަތް ކުރާ އަދި އަބަދުވެސް އާ ކަންތައްތަކެއް ދަސްކުރަން ތައްޔާރަށް ހުންނަ ބަތަލާއެއް."

ޝާހިދު ބުނީ ދިޕިކާއަކީ، "ވަރަށް ސަޅި މީހެއް." ކަމަށެވެ. ދިޕިކާއަކީ ވަރަށް ޑައުން ޓު އާރތް އަދި އަބަދުވެސް އެހެން މީހުންނަށް އެހީތެރިވާން ތައްޔާރަށް ހުންނަ މީހެއް ކަމަށް ވެސް ޝާހިދު ބުންޏެވެ. 

ޝާހިދާއި ދީޕިކާ ވަނީ "ކާމިނޭ" އާއި "ގޯލިޔަން ކީ ރަސްލީލާ ރާމް-ލީލާ" ގެ ނަމުގައި ދެ ފިލްމެއް އެކުގައި މަސައްކަތްކޮށްފަ އެވެ. ދެމީހުން ވެސް ވަނީ އެކުގައި މަސައްކަތް ކުރަން އުފާވި ކަމަށާއި ކުރިއަށް އޮތްތަނުގައި އަލުން އެކުގައި މަސައްކަތް ކުރުމަށް ހުޅުވާލެވިފައިވާ ކަމަށް ބުނެފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް