
މި އިނާމު ދީފައިވަނީ ލީގުގައި އެންކާނާ އާއި ޕަވާ ޑައިނަމޯސް ބައްދަލުކުރި ޑާބީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޑައޮނަމޯސްގެ ކެނެޑީ މުސޮންޑާއަށެވެ. އޭނާއަށް ދިން ފަސް ބިސް ޓްރޭގެ ތެރެއިން ދެ ޓްރޭއަކީ އޭނާ އެމެޗުގައި ޖެހި ލަނޑުގެ އިނާމެއްގެ ގޮތުގައި ދިން އެއްޗެކެވެ. ބާކީ ތިން ޓްރޭއަކީ މޮޅު ކުޅުންތެރިއަކަށް ހޮވުމުން ދިން އިނާމެވެ.
ނަމަވެސް މިކަމާއި ގުޅިގެން މުސޮންޑާ ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އޭނާ މިކަން ސިފަކުރީ ވަރަށް ހިތާމަވެރި، ލަދުވެތި ކަމެއްގެ ގޮތުގައެވެ. މީގެ އިތުރުން، ގިނަ ސަޕޯޓަރުންތަކެއް ވަނީ އިނާމުގެ ގޮތުގައި ބިސްޓްރޭ ދިނުމުން އެކަމަށް ފާޑު ކިޔާފައެވެ.
މި ދެޓީމަކީ ލީގުގައި ވަރަށް ވާދަވެރި ދެޓީމެވެ. އެގޮތުން 1979 ވަނަ އަހަރު ޕަވާ ޑައިނަމޯސް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވިފަހުން މި ދެޓީމު ކުޅޭ ހުރިހާ މެޗަކަށްވެސް އެލީގުގެ ގިނަ ބައެއް ސަމާލުކަން ހުއްޓެއެވެ.