ads
ރާއްޖޭގެ ބައެއް ބިލިއާޑް ކުޅޭ ކުޅުންތެރިން
އިންޓައޮފީސް ބިލިއާޑް މުބާރާތް މިރޭ
އިންޓަ އޮފީސް ބިލިއާޑް މުބާރާތް މިރޭ ފަށާނެއެވެ.

މިއީ 10 ވަނަ އިންޓައޮފީސް ބިލިއާޑް މުބާރާތެވެ. މި ފަހަރުގެ މުބާރާތުގައި 18 އޮފީހަކުން ވާދަކުރާނެއެވެ. މިއަހަރުވެސް އޮންނާނީ ސިންގަލްސް އަދި ޓީމް އިވެންޓުގެ މެޗުތަކެވެ. ފުރަތަމަ ހަތަރު ދުވަހު އޮންނާނީ ސިންގަލްސް އިވެންޓްތަކެވެ.

މިއަހަރު ފިރިހެން ބައިގެ ޓީމް އިވެންޓުގައި 13 އޮފީހަކުން ވާދަކުރެ އެވެ. މި 13 އޮފީސް ބަހާލާފައިވަނީ ދެ ގްރޫޕަކަށެވެ. ގްރޫޕް އޭގައި ހިމެނެނީ އެމްއެންޑީއެފް، އެއާޕޯޓްސް ކޮމްޕެނީ، މޯލްޑިވިއަން، ރައީސް އޮފީސް، އިސްލާމިކް ބޭންކް އަދި އެމްޕީއެލްއެވެ. ގްރޫޕް ބީގައި ހިމެނެނީ ޕޮލިސް، ދިރާގު، ކަސްޓަމްސް، އެމްޑަބްލިއުއެސްސީ، ޓީއެމްއޭ، ސްޓެލްކޯ އަދި ބެންކް އޮފް މޯލްޑިވްސް އެވެ.

އެންމެ ފަހުން އޮތް އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ފިރިހެން ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އެމްއެންޑީއެފް އެވެ. އަންހެން ޓީމް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ ކަސްޓަމްސް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް