ads
ޓްރީ ޓޮޕް ހޮސްޕިޓަލުން ދޭ ހިދުމަތްތައް ފުޅާކުރުމަށް އެސްޓަ މެޑްސިޓީ އާއެކު އެއްބަސްވުމެއްގައި ސޮއިކުރުން - ފޮޓޯ:ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕުން ދޭ ހިދުމަތްތައް ފުޅާކުރުމަށް އެސްޓަ މެޑްސިޓީ އާއެކު އެއްބަސްވުމެއް
ޓްރީ ޓޮޕުން ހޮސްޕިޓަލުން ދެމުންގެންދާ ހިދުމަތްތައް ފުޅާކުރުމަށް އިންޑިއާގެ އެސްޓަ މެޑްސިޓީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި އެއްބަސްވުމަކީ ސްޕެޝިއަލައިޒްޑް ޑޮކްޓަރުން ލިބުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ގެނައުމަށް އެސްޓަ މެޑްސިޓީ މެދުވެރިކޮށް އެ ހޮސްޕިޓަލުގެ ޑޮކްޓަރުން ވިޒިޓިން ޑޮކްޓަރުންގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލަށް އައިސް ހިދުމަތް ދިނުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ. 

މި އެއްބަސްވުމުގެ ދަށުން ޓްރީ ޓޮޕް ހޮސްޕިޓަލަށް އައުމަށް ހަމަޖެހިފައިވާ ސްޕެޝިއަލްޓީތަކުގެ ތެރޭގައި ޔޫރޮލޮޖީ، ނިއުރޮލޮޖީ، އެނެސްތެސިއޮލޮޖީ، ޕަލްމޮނޮލޮޖީ، ޕީޑިއޭޓްރިކް އޯތޮޕެޑިކް ސާޖަރީ، ހެމަޓޮލޮޖީ، އޮޓޯރިނޮލަރިންގޮލޮޖީ (އީއެންޓީ)، އޯތޯޕެޑިކް ސާޖަރީ، އޯތޮޑޮންޓިކްސް އަދި ކުރިއަށް އޮތްތަނުގައި ބޭނުން ވެދާނެ އެހެން ސްޕެޝަލިޓީތައް ހިމެނޭ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައިވަނީ މި އެއްބަސްވުމުގެ ސަބަބުން އެ ހޮސްޕިޓަލުން ދެވިގެންދާ ސިއްހީ ހިދުމަތްތައް އިތުރަށް ފުޅާކުރެވިގެންދާނެ ކަމަށެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ އާ ހިދުމަތްތައް ފަށައި، ޒަމާނީ ފެންވަރަށް ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެގޮތުން މިހާރުވެސް އެ ހޮސްޕިޓަލުން އަންނަނީ އެންމެ ފަހުގެ ވަސީލަތްތަކާ އެކު އާ ހިދުމަތްތައް ތައާރަފުކުރަމުންނެވެ.

އިތުރު މައުލޫމާތު ހޯދުމަށް 3351610 ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް