މި އޮފާގެ ދަށުން ދިރާގުން ވަނީ އާ ފައިބާ ބްރޯޑްބޭންޑް ކަނެކްޝަނަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓާ އަދި ހިލޭ ސެޓް-އަޕް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ.
ދިރާގުން ބުނީ މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ހާއްސަ އޮފާ އެ ކުންފުނީގެ ފައިބާ ބްރޯޑްބޭންޑްގެ ކޮންމެ ޕެކޭޖެއް ނަގާ ފަރާތަކަށް ވެސް ލިބިގެންދާނެ ކަމަށެވެ. އެ ކުންފުނީގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކިޔަވަމުންދާ ކުދިންނަށާއި މަސައްކަތްކުރާ ޓީޗަރުންނަށް ހައިސްޕީޑް އިންޓަނެޓްގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުން ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހުރިހާ އުމުރުފުރައަކަށް އެކަށޭނެ ގޮތަށް ފަރުމާކޮށް އަދި ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމުގަ އެވެ.