ads
ބިން ހިއްކުން ހުއްޓާލަން ބުނުމުންވެސް އެކަން ހުއްޓާ ނުލާ ކުރާ މަންޒަރު އިޕީއޭއިން އާއްމުކޮށްފައި . ފޮޓޯ: އީޕީއޭ
ބިން ހިއްކުން ހުއްޓާނުލާ، އެކަން ބަލަމުން ދަނީ: އީޕީއޭ
މިދުވަސްވަރު ފަރުތަކުން ގާ ހުދުވަމުންދާތީ ބިން ހިއްކުމުގެ މަޝްރޫއޫތައް ހުއްޓާލުމަށް އެންގިނަމަވެސް އެފަދަ ބައެއް މަޝްރޫއުތައް ހިންގަމުން އަންނަކަމަށްް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
Advertisement
މި ދުވަސްވަރު، ރާއްޖޭގައި ގާ ހުދުވުމުގެ މައްސަލަ ބޮޑުވެފައިވާތީ ޖުލައި 10,ގެ ނިޔަލަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މަޝްރޫއުތަކަށް ދޫކުރާ ހުއްދައިގެ ދަށުން ބިން ހިއްކުމާއި އަދި ފަރުމަތީގައި މަސައްކަތް ކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް އެ އެޖެންސީން ވަނީ ނިންމާފައެވެ. 

އީޕީއޭއިން ބުނީ ބިން ހިއްކުމާއި އަދި ފަރުމަތީގައި މަސައްކަތް ކުރުން ވަގުތީ ގޮތުން ހުއްޓާލަން އެންގިނަމަވެސް ބައެއް ފަރާތްތަކުން އެކަން ކުރަމުން އަންނާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަން އެ އިދާރާއިން ބަލަމުން އަންނަކަމަށާއި އެކަންކަމަށް ހައްލު ހޯދަމުން އަންނަކަމަށްވެސް އީޕީއޭއިން ބުނެއެވެ. އެ އިދާރާއިން ވަނީ މި މަސައްކަތްތައް ހުއްޓާލުމަށް އެންގުމުންވެސް ހުއްޓާ ނުލާ ކުރަމުންދާ ބައެއް މަންޒަރުތައްވެސް އެކްސްގައި އާއްމުކޮށްފައެވެ. 

އީޕީއޭގެ ޓީމުތައް ދަނީ ގާ ހުދުވާ މިންވަރު ދެނެގަތުމަށް ސާވޭތައް ހެދުމަށް ހަރަކާތްތެރިވަމުންނެވެ.

your imageގާ ހުދުވާ މިންވަރު ދެނެގަތުމަށް އިޕީއޭގެ ޓީމުތައް ހަދާ ސާވޭގެ ތެރެއިން. ފޮޓޯ: އީޕީއޭ


ދުނިޔޭގެ ކަނޑުގެ ފިނިހޫނުމިން އެނަލައިޒްކޮށް، ގަވާއިދުން އާންމުކުރާ "ކޮރަލް ރީފް ވޮޗް"ގެ ވެބްސައިޓުގައިވާ ގޮތުގައި، ރާއްޖޭގައި ގާ ހުދުވުން އޮތީ އެންމެ ނުރައްކާތެރި ދަރަޖަ ކަމަށްވާ، "އެލާޓް ލެވަލް 1" ގަ އެވެ.

ގިނަ އަދަދަކަށް ގާ ހުދުވަމުންދާ ކަމަށް ރިޕޯޓް ލިބެމުންދާތީ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ފިޔަވަޅުތަކެއް އެޅުމަށް އީޕީއޭއިން ނިންމާ މިމަހުގެ 9 ވަނަދުވަހު ވަނީ އިއުލާންކޮށްފައެވެ. 

ތިން ފިޔަވަޅެއް އެޅުމަށް އެ އެޖެންސީން ނިންމާފައި ވާއިރު، އެއީ:

 1. ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން ބިން ހިއްކުމާއި ފަޅު ފުންކުރުން ވަގުތީ ގޮތުން ހުއްޓާލުން

 2. ބިން ހިއްކުމާއި ފަޅު ކޮނުމާއި ގޮނޑުދޮށަށް ވެލި އެޅުމާއި ޕަމްޕް ބޭނުން ކޮށްގެން ވެލި ނެގުމާއި ފަރުމަތީގައި ހޮޅި އަދި ކޭބަލް އެޅުމުގެ އިތުރުން ބަންޑުވޯލް ޖެހުން އަދި މިނޫނަސް މެޝިން ބޭނުންކޮށްގެން ފަރުމަތީގައި މަސައްކަތް ކުރުން މަޑުޖައްސާލުން

 3. މިހާރު ހިނގަމުންދާ މަޝްރޫއުތަކާއި މަސައްކަތްތައް ކުރުމަށް އަންނަ މަހުގެ 10 ވަނަ ދުވަހުގެ ފަހުން އެ މަސައްކަތްތަކުގެ މަސައްކަތުގެ ތާވަލް މުރާޖާ ކުރުން.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް