ads
ފިއޮރެންޓީނާގެ ކުޅުންތެރިއެއްގެ ނޭފަތް ފަޅާލާފައި
ވެސްޓްހޭމުން ކުޅުނީ "ޖަނަވާރު" ކުޅުމެއް
ފިއޮރެންޓީނާގެ ބަލިކޮށް ޔޫއެފާ ކޮންފަރެންސް ލީގު ވެސްޓް ހޭމުން ކާމިޔާބު ކުރީ "ޖަނަވާރު" ކުޅުމެއް ކުޅެގެން ކަމަށް ބުނެ، އިޓަލީގެ ފިއޮރެންޓީނާގެ ރައީސް ވަރުގަދަ ރައްދެއް ވެސްޓް ހޭމަށް ދީފިއެވެ.

ޔޫރޮޕާ ކޮންފަރެންސް ލީގުގައި ރޭ ވެސްޓްހޭމުން ފިއޮރެންޓީނާގެ މައްޗަށް ކުރި ހޯދީ ދެ ލަނޑު އެއް ލަނޑުންނެވެ. މި ނަތީޖާއާއެކު ވެސްޓް ހޭމް ޔުނައިޓެޑުން ޔޫރަޕްގެ މުބާރާތެއްގެ ތައްޓެއް ހޯދަން 43 އަހަރު ވަންދެން ކުރި އިންތިޒާރުވަނީ ނިމިފައެވެ. މި މެޗުން ފިއޮރެންޓީނާ ބަލިވިއިރު މެޗުގައި އެ ޓީމުގެ ބައެއް ކުޅުންތެރިންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.

މި މެޗުގައި ފިއޮރެންޓީނާގެ ފޯވާޑު ލޫކާ ޖޮވިޗްގެ ނޭފަތް ފަޅާލައިގެން އޭނާއަށް ފަރުވާ ދޭން ޖެހުނުއިރު، ފަހަތަށް ކުޅޭ ކްރިސްޓިއާނޯ ބިރާގީގެ ބޮލުގައި ސަޕޯޓަރުންގެ ތެރެއިން އެއްލި އެއްޗަކުން ޖެހި ބޯ ފަޅައިގެން ގޮސްގެން ފަރުވާ ދޭން ޖެހުނެވެ.

މި ހާދިސާތަކާ ގުޅިގެން ފިއޮރެންޓީނާގެ ރައީސް ނުރުހުންވެ ބުނެފައިވަނީ ވެސްޓްހޭމުން ކުޅުނީ "ޖަނަވާރު" ކުޅުމެއް ކަމަށެވެ. އަދި ދަނޑު މަތިންނާއި ދަނޑު ބޭރުން ފެނުނު ކަންކަމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާވަނީ ބުނެފައެވެ.

މި މެޗާ ގުޅިގެން ބޭރުގައި ހިނގި ހަމަ ނުޖެހުންތަކާ ގުޅިގެން 23 މީހަކު ހައްޔަރުކޮށްފައިވެސްވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް