ފިޝަރީޒް މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ދޫނިރޯގާ އުޅޭ ގައުމުތަކުން ދޫނި އެތެރެކުރުމަކީ ރާއްޖެއަށް މިބަލި އެތެރެވުމަށް އޮތް ފުރުސަތެއްކަމަށް ބެލެވޭތީ، ދޫނި ރޯގާއިން ރައްކާތެރިވުމަށް ދުރާލާ އަޅާ ފިޔަވަޅެއްގެ ގޮތުން މިބަލި އުޅޭ ގައުމުތަކުން ދިރޭ ދޫނި އެތެރެކުރުމަށް ހުއްދަދިނުން ވަގުތީގޮތުން މެދުކަނޑާލާ ކަމަށެވެ. އަދި މި ގައުމުތަކުން، ދޫނި އަލުން އެތެރެކުރުމަށް ހުއްދަދޭނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް އެ މިނިސްޓްރީ ބުނެ އެވެ.
ފިޝަރީޒް މިނިސްޓްރީ އިން ދޫނި އެތެރެކުރުން މަނާ ކޮށްފައިވާ ގައުމުތަކުގެ ތެރޭގައި، މެކްސިކޯ، ނޭޕާލް، ނައިޖީރިއާ، ޕޮލޭންޑް، ރޯމޭނިއާ، ސައުދި އަރަބިއާ، ސްލޮވޭކިއާ، ސައުތް އެފްރިކާ، ޔޫކްރެއިން، ޔޫކޭ، އެމެރިކާ، ވިއެޓްނާމް، ޗައިނާ، ޗިލީ، ޖަރުމަނު، ފްރާންސް، ޑެންމާކް އަދި ހަންގޭރީ ހިމެނެ އެވެ.