އޭނާ ސޯޝަލް މީޑިއާއާ ދުރަށް ގޮސްފައި ވަނީ "އަމިއްލަ ނަފްސަށާއި އާއިލާއަށް ވެސް ވަގުތުކޮޅެއް ނަގަން ޖެހޭ ކަމަށް ބުނެ" އެވެ.
ކާޖަލް ބުނެފައިވަނީ ބުރަކޮށް ޕްރޮޖެކްޓްތަކެއްގައި މަސައްކަތްކުރުމަށްފަހު "ބޭނުންވަނީ ރީޗާޖް ކުރަން ވަގުތުކޮޅެއް،" ކަމަށެވެ.
ވަރަށް އަވަހަށް އެނބުރި ސޯޝަލް މީޑިއާއަށް އަންނާނެކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ކާޖަލް ފުރަތަމަ ފިލްމަކުން ފެނިގެނުނީ 1991 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ބެކުދީ" އިންނެވެ. އެ ފިލްމަށް އެންމެ މޮޅު އަންހެން ޑެބިއުގެ ފިލްމްފެއާ އެވޯޑް ލިބުނެވެ. އޭގެ ފަހުން ކާމިޔާބު ގިނަ ފިލްމުތަކެއް ކުޅެފައިވާއިރު، އޭގެ ތެރޭގައި "ދިލްވާލޭ ދުލްހާނިއާ ލެ ޖަޔެންގޭ" (1995)، "ކުޗް ކުޗް ހޯތާ ހޭ" (1998)، "ކަބީ ޚުޝީ ކަބީ ގާމް..." (2001)، "މައި ނޭމް އިޒް ޚާން" (2010)، އަދި "ދިލްވާލޭ"(2015) ފާހަގަކޮށްލެވެއެވެ.